ޖައިލަމްގެ މަރުގެ މައްސަލައިގާމީހަކު ހޯދަން އިއުލާނުކޮށްފި

ބްރުއަރީ 21 ވަނަ ދުވަހުގެ ރޭ ދަރުބާރުގެ ކުރިމަތިން އޮންނަ އިރުދޭމާ ހިނގުމުގައި ހިނގި މަރާމާރީގައި ހ. ހަންޑްރެޑްފްލާވަރ، ޖައިލަމް އަޙްމަދު ޝާކިރު (23އ) މަރުވި މައްސަލައިގާ މީހަކު ހޯދަން ފުލުހުން އިއުލާ...

08 Mar 2015 | 08:15

ބްރުއަރީ 21 ވަނަ ދުވަހުގެ ރޭ ދަރުބާރުގެ ކުރިމަތިން އޮންނަ އިރުދޭމާ ހިނގުމުގައި ހިނގި މަރާމާރީގައި ހ. ހަންޑްރެޑްފްލާވަރ، ޖައިލަމް އަޙްމަދު ޝާކިރު (23އ) މަރުވި މައްސަލައިގާ މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.

ފުލުހުން ބުނީ މަތީގައިވާ ފޮޓޯއިން ފެންނަ ގއ. ވިލިނގިލި، ފިޔަޖަހާގެ، މުޙައްމަދު ޙުމައިދަކީ ޖައިލަމް އަޙްމަދު ޝާކިރު މަރުވި މައްސަލައިގެ ތަޙުޤީޤަށް ހޯދަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ހޯދައި ނުފެނިފައިވާ މީހެއް ކަމަށެވެ.

މި މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް