ރޭގެ މުޒާހަރާއާއި ގުޅިގެން ހަ މީހަކު ހައްޔަރުކުރި، ކުޑަކުއްޖަކު ދޫކޮށްލި: ޕޮލިސް

ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ސިޔާސީ ހައްޔަރީން މިނިވަން ކުރުމަށް ގޮވާލާ އެމްޑީޕީން ރޭ ކުރިއަށްގެންދިޔަ މުޒާހަރާއާއި ގުޅިގެން ހަމީހަކު ހައްޔަރު ކުރި ކަމަށް ފުލުހުނ...

08 Mar 2015 | 04:25

ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ސިޔާސީ ހައްޔަރީން މިނިވަން ކުރުމަށް ގޮވާލާ އެމްޑީޕީން ރޭ ކުރިއަށްގެންދިޔަ މުޒާހަރާއާއި ގުޅިގެން ހަމީހަކު ހައްޔަރު ކުރި ކަމަށް ފުލުހުން ބުނެފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހައްޔަރުކުރި ހަ މީހުންގެ ތެރޭގައި ހިމެނޭ އުމުރުން 18 އަހަރު ނުވާ ކުޑަކުއްޖަކަށް ނަސޭހަތް ދިނުމަށްފަހު ދޫކޮށްލާފައިވާކަމަށެވެ.

ރޭގެ މުޒާހަރާގައި ހަ މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެ ކުރީރޭ "އިންޒާރު" ގެ ނަމުގައި އެމްޑީޕީން ކުރިއަށްގެންދިޔަ މުޒާހަރާއާއި ގުޅިގެން 26 މީހަކު ހައްޔަރު ކުރި އެވެ. އެރޭ ހައްޔަރުކުރި މީހުންގެ ތެރޭގައި ލ.ގަމު ދާއިރާގެ މަޖިލިސް މެމްބަރު ފައްޔާޒް އިސްމާއިލް އާއި އެމްޑީޕީގެ ނައިބްރައީސް ޝިފާޒްވެސް ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް