ނާޒިމް ފްރޭމްކުރެވިފައިވާކަން ސަލާމަތީ ބާރުތަކުގެ އިސްވެރިންނަށް ޔަގީންވަމުންދާތީ ހަމްދުކުރަން: އިމްރާން

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް ފްރޭމްކުރެވިފައިވާކަން ފުލުހުންނާއި ސިފައިންގެ ގިނަ އިސްބޭފުޅުންނަށް ޔަގީން ކުރެވެމުންދާތީ މާތް ﷲ އަށް ހަމްދުކުރާ ކަމަށް އަދާލަތު ޕާޓީގެ ރަ...

08 Mar 2015 | 03:57

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް ފްރޭމްކުރެވިފައިވާކަން ފުލުހުންނާއި ސިފައިންގެ ގިނަ އިސްބޭފުޅުންނަށް ޔަގީން ކުރެވެމުންދާތީ މާތް ﷲ އަށް ހަމްދުކުރާ ކަމަށް އަދާލަތު ޕާޓީގެ ރައީސް ސެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގަ އެވެ. މި ފަހަކަށް އައިސް މިފަދަ ގިނަ ޓްވީޓްތަކެއް އިމްރާން ކުރައްވަމުން އަންނައިރު މިފަހުން ކުރި ބައެއް ޓްވީޓްތަކުގައި މިހާރު އޮތް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އިމްރާން ވަނީ ޓްވީޓްތައް ކުރައްވާފަ އެވެ.

https://twitter.com/ShImranAb/status/574235109563351040

އެގޮތުން ރާއްޖޭގެ ހާލަތު ދުވަހުން ދުވަހަށް ގޯސްވެ ނާޒުކު ވަމުން އަންނަ ކަމަށާއި އަދުލު އިންސާފު ގާއިމް ނުކޮށްފި ސަރުކާރެއްގެ ބަރަކާތް ކެނޑި ނިމުން ހިތިވާނެ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައި ވެ އެވެ. އަދި އަނިޔާވެރި ވެރިކަމެއް މާ ގިނަ ދުވަހަކަށް ދެމިގެން ނުދާނެ ކަމަށް ވިދާޅުވެވެސް އިމްރާން ވަނީ ޓްވީޓް ކުރައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް