މިއަދު ކުރިއަށްގެންދިޔަ މެދައިންތިޚާބުތަކުން ސަރުކާރު ޕާޓީ، މޯލްޑިވްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) އިން ނުވަ ގޮނޑި ކާމިޔާބު ކޮށްފިއެވެ.
މިއަދު ކުރިއަށްދިޔައީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކަތް ކުރާ ކޮމިޓީ(ޑަބްލިއުޑީސީ)އަށް 10 މެންބަރަކު ހޮވުމަށާއި ކައުންސިލަށް ދެ މެންބަރަކު ހޮވުމަށް ގެންދިޔަ ޖުމުލަ 13 މެދައިންތިޚާބެކެވެ.
ޑަބްލިއުޑީސީގެ މެދައިންތިޚާބުތަކަކީ ތ. ބުރުނީ، ނ. ފޮއްދޫ، ލ. ގަން، ބ. ގޮއިދޫ، އދ. ހަންޏާމީދޫ، ހދ. ހިރިމަރަދޫ، ދ. ހުޅުދެލި، ރ. އިންނަމާދޫ، ގއ. ކަނޑުހުޅުދޫ، ނ. މިލަދޫގެ ޑަބްލިއުޑީސީގެ ބައި އިލެކްޝަންތަކެވެ.
ކައުންސިލްގެ ދެ މެދައިންތިޚާބު ކުރިއަށްގެންދިޔައީ ނ. ލަންދޫ އަދި ހދ. މަކުނުދޫގެ ކައުންސިލަށް މެންބަރުން ހޮވުމަށެވެ.
13 މެދައިންތިޚާބުގެ ތެރެއިން ކޮންގްރެސް ޕާޓީއިން 09 މެދައިންތިޚާބު ކާމިޔާބުކުރިއިރު އިދިކޮޅު އެމްޑީޕީންވަނީ ދެ މެދައިންތިޚާބެއް ކާމިޔާބުކޮށްފައެވެ. އަދި އަމިއްލަ ގޮތުން ވާދަކުރި ދެ ކެންޑިޑޭޓަކުވެސް ދެ މެދައިންތިޚާބެއް ކާމިޔާބުކުރިއެވެ.
ކޮންގްރެސް ޕާޓީއިން ކާމިޔާބުކުރި މެދައިންތިޚާބުތަކަކީ ނ. ލަންދޫ ކައުންސިލުގެ އަންހެން މެންބަރު، އަދި ޑަބްލިއުޑީސީ ހދ. ހިރިމަރަދޫ، ބ. ގޮއިދޫ، ބ. ފެހެންދޫ، ރ. އިންނަމާދޫ ދެގޮނޑި، ލ. ގަން، ގއ. ކަނޑުހުޅުދޫ އަދި ތ. ބުރުނީގެ މެދައިންތިޚާބުތަކެވެ.
އެމްޑީޕީއިން ކާމިޔާބުކުރީ ނ. މިލަދޫ އަދި އދ. ހަންޏާމީދޫގެ ޑަބްލިއުޑީސީ ދެ މެދައިންތިޚާބެވެ. އަމިއްލަގޮތުން ދެ ކެންޑިޑޭޓަކު ކާމިޔާބުކުރީ ހދ. މަކުނުދޫ ކައުންސިލްގެ އަންހެން މެންބަރު އަދި ހ. ހުޅުދެލި ޑަބްލިއުޑީސީ މެދައިންތިޚާބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް