ކުޑަ ކުއްޖަކާ ފުލުހަކު ހިފައިގަނެގެން އުޅޭ މަންޒަރު: ފުލުހުން ބުނަނީ ފުރަތަމަ ހަމަލަ ދިނީ އެ ކުއްޖާ ކަމަށް !

ރޭގަނޑުގެ ވަގުތެއްގައި ރ. މީދޫގައި ކުޑަ ކުއްޖަކާއި ފުލުހަކު ހިފައިގަނެގެން އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު އެ ވީޑިއޯއާއިގުޅޭގޮތުން ފުލުހުންގެ ބަސް ހާމަކޮށްފިއެވެ. ...

08 Feb 2025 | 08:55

ރޭގަނޑުގެ ވަގުތެއްގައި ރ. މީދޫގައި ކުޑަ ކުއްޖަކާއި ފުލުހަކު ހިފައިގަނެގެން އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު އެ ވީޑިއޯއާއިގުޅޭގޮތުން ފުލުހުންގެ ބަސް ހާމަކޮށްފިއެވެ.

މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނެފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ރ. މީދޫ މަގުމަތީގައި އަޑުގަދަކޮށް ހަޅޭއްލަވަމުންދިޔަ ކުދި ބަޔަކު ފެނި އެކަން ނުކުރުމަށް އޮފް ޑިއުޓީގައި ހުރި ފުލުހަކު ނަސޭހަތްތެރިވުމުން އެކަން ނުހުއްޓާނެ ކަމަށްބނެ ޖަދަލުކޮށް ޒާތީ މައުލޫމާތު ހިއްސާކުރުމަށް ދެކޮޅުހެދި ކަމަށެވެ.

"އެހެންކަމުން ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އެދުމުން ހަމަނުޖެހުން ހިންގައި ޕޮލިސް އޮފިސަރަށް ހަމަލަ ދީފައިވޭ" ފުލުހުން ބުނެފައިވެއެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށާއި އަދި ކުއްޖާއަށް ފުލުސް އޮފިސަރު އަނިޔާކޮށްފައިވާކަމަށް އާޢިލާއިން ތުހުމަތު ކުރާތީ އެ މައްސަލަވެސް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ އެ އިންސިޑެންޓްގައި ހަމަލަދިން ކުއްޖާ ކޮންޓްރޯލު ކުރުމުގައި އަމަލުކޮށްފައިވާ ގޮތުގެ ރިވިއުއެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑުން ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް