ގާދިއްފުށީ ބިންހިއްކުމުގެ މަޝްރޫއު މިއަހަރު ފައްޓަވާނެކަމަށް ރައީސް ވިދާޅުވެއްޖެ

ގާދިއްފުށީގެ ބިންހިއްކުމުގެ މަޝްރޫއު މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ކޮޅުމަޑުލުގެ ބައެއް ރަށް...

08 Feb 2024 | 13:57

ގާދިއްފުށީގެ ބިންހިއްކުމުގެ މަޝްރޫއު މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް އެމަނިކުފާނު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލުކަމުގައިވާ އެ އަތޮޅު ގާދިއްފުށްޓަށް މިއަދު ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގާދިއްފުށީގެ ބިންހިއްކުމުގެ މަޝްރޫޢުވެސް އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް ގުރައިދޫ އެއަރޕޯޓްގެ މަސައްކަތާއެކު މިއަހަރުގެ ތެރޭގައި ފެށިގެންދާނެކަމަށެވެ. އަދި ބަނދަރުގެ މަސައްކަތަކީ ކުރީގެ ސަރުކާރުން އެ މަސައްކަތް ކުރެވޭނެ ގޮތެއް ނެތި ހަވާލުކޮށްފައިވާ މަސައްކަތެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމް.ޓީ.ސީ.ސީއާ ހަވާލުކޮފައިވާ މި މަސައްކަތްވެސް ކުރިޔަށްގެންދެވޭނެ ގޮތެއް ބައްލަވައިގެން ސަރުކާރުން އެ މަޝްރޫޢުވެސް ކުރިޔަށްގެންގޮސް ދެއްވާނެކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން، ގާދިއްފުށީ ސްކޫލުގެ އިމާރާތުގެ މަސައްކަތާއި އަދި ސްކޫލާގުޅިފައިވާ ހުރިހާ މަސައްކަތްތައް އެންމެ އިސްކަންދޭ މަސައްކަތްތަކުގެ ގޮތުގައި ކުރިޔަށްގެންދަވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި ސަރުކާރުން ރަށްރަށުގެ ތަރައްޤީގެ މަސައްކަތްތައް ކުރިޔަށްގެންދަވާނީ ތެދުވެރިކަމާ އިޚްލާސްތެރިކަމާއެކު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ކައުންސިލްތަކަށް އިޤްތިޞާދީ މަސައްކަތްތައް ކުރުމަށް ރަށެއް ލިބޭގޮތަށް ކައުންސިލުތަކަށް ފަހިކޮށްދެއްވާފައިވާ ފުރުސަތުގެ ބޭނުން ހިފުމަށް އެދިވަޑައިގެން ދެއްކެވި ވާހަކަފުޅު ތަކުރާރު ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް