މޯލްޑިވިއަންގެ ފްލައިޓުތަކުން ދަތުރުކުރުން ޖާބިރުއަށް މަނާކޮށްފި

ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓުތަކުން ދަތުރުކުރުން ކާށިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު އަބްދުﷲ ޖާބިރުއަށް މަނާކޮށްފިއެވެ. މޯލްޑިވިއަންގެ ފްލައިޓުތަކުން ދަތުރުކުރަން ޖާބިރުއަށް މަނ...

08 Feb 2024 | 12:00

ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓުތަކުން ދަތުރުކުރުން ކާށިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު އަބްދުﷲ ޖާބިރުއަށް މަނާކޮށްފިއެވެ.

މޯލްޑިވިއަންގެ ފްލައިޓުތަކުން ދަތުރުކުރަން ޖާބިރުއަށް މަނާކުރުމަށް އެ ކުންފުނިން ނިންމާފައިވަނީ ސީޕްލޭން ޕައިލެޓަކާއި ފަޅުވެރިންނާ ވަރަށް ހުތުރު ބަހުން މުއާމަލާތްކުރުމާ ގުޅިގެންނެވެ.

ޕައިލެޓާ ފަޅުވެރިންނާ ދިމާލަށް އަވަގުރާނަ ގޮވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. މީގެ އިތުރުން ވެސް މި ފަހަކަށް އައިސް އެކި ރަށްރަށަށް ޖާބިރު ގޮސް، އެރަށުގެ ރައްޔިތުންނާ ހަޑި ހުތުރު ބަހުން މުއާމަލާތްކުރާ ވީޑިއޯތަކެއް ވެސް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓުގައި ކާށިދޫ ދާއިރާއަށް ވާދަކުރައްވާ ޖާބިރު ވަނީ ޕްރައިމަރީ ކާމިޔާބު ކުރައްވާފައެވެ. ނަމަވެސް ޖާބިރުގެ އަހުލާގަށް ރިއާޔަތްކޮށް އެމްޑީޕީން ވަނީ ޖާބިރުގެ ޓިކެޓު އަތުލައި އެ ޕާޓީންވެސް ވަކިކޮށްފައެވެ.

އެކަން ހާމަކޮށް އެމްޑީޕީން ބުނީ އެ ޕާޓީގެ ޕާޓީގެ މެންބަރެއްގެގޮތުގައި އަދި ކެނޑިޑޭޓަކަށްވެހުރެ، މުޖުތަމައުގެ އާއްމު މިންގަނޑާ ޚިލާފަށް ރައްޔިތުންނާއި ބޭއަދަބީ ބަހުރުވައިން މުޢާމަލާތްކޮށް މަސްލަހަތު ގެއްލޭގޮތަށް ތަކުރާރުކޮށް އަމަލުކުރަމުންދިއުމަކީ އެ ޕާޓީއާއި ޕާޓީގެ އާންމު މެންބަރުންގެ މަސްލަޙަތަށް އުނިކަންލިބޭ ފަދަ ޢަމަލެއްކަމުގައިވާތީ އެ ޕާޓީގެ ފިޔަވަޅުއަޅާ ކޮމިޓީއަށް ހުށައެޅިފައިވާ މައްސަލަ ބެލުމަށްފަހު އަބްދުﷲ ޖާބިރަށް 20 ވަނަ ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރުމުގެ ފުރުޞަތު ނުދިނުމަށާއި، ޕާޓީގެ މެންބަރުކަމުން ވަކިކުރުމަށް އެ ޕާޓީގެ ފިޔަވަޅުއަޅާ ކޮމެޓީން ނިންމާފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް