ދިވެހި ފިލްމު ކުންފުނި "އައިފިލްމްސް" އަށް ތަފާތު ދާއިރާއަކުން އެކްޓު ކުރާނެ ބަޔަކު ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
ދިވެހިންގެ މެދުގައި މަގުބޫލުވި ފިލްމު "ބަވަތި" އަކީ އެ ކުންފުނީގެ އުފެއްދުމެކެވެ. އެއާއެކު އެ ފިލްމުގެ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ވެގެން ގޮސްފައިވަނީ ދިވެހި ފިލްމު އިންޑަސްޓްރީގައި ވިދުން ގަދަ ނަމަކަށެވެ.
މިފަހަރު އިއްލެގެ އުފެއްދުމަކަށް ބޭނުން ވެގެން އުޅެނީ އެކްޓު ކުރަން ބޭނުންވާ ޑައިވަރުންނާއި ދިވެހި ފިލްމީ ދާއިރާގައި މިހާރުވެސް ހަރަކާތްތެރިވާ މީހުންގެ ތެރެއިން އެކްޓު ކުރަން އެނގޭ މީހުންނެވެ. އެފަދަ ފަރާތްތަކުން ސީވީ ނުވަތަ ޕްރޮފައިލް އީމެއިލް ކުރުމަށް އެދިފައިވެ އެވެ.
އީމެއިލް އެޑްރެހަކީ [email protected] އެވެ.
ޑައިވަރުން ހޯދަމުންދަނީ ފިލްމެއް ނުވަތަ ޑްރާމާ ސިލްސިލާއެއްގެ މަސައްކަތަކަށް ކަމެއް އަދި ހާމައެއް ނުކުރެ އެވެ. މި ފިލްމަކީ އިއްލެގެ ފުރަތަމަ ޑައިރެކްޝަން ފަދަ މޮޅު ފިލްމަކަށް ވާނެ ކަމާއި މެދު އެއްވެސް ބަޔަކު ޝައްކެއް ނުކުރެ އެވެ.
އެ ކުންފުނިން މިހާތަނަށް ސިނަމާގައި ރިލީޒް ކުރީ ފިލްމު "ބަވަތި" އެކަންޏެވެ. އެކަމަކު ހުރިހާ މަސައްކަތެއް ނިމި ސިނަމާގައި އަޅުވަން ފިލްމު "ނީނާ" އޮތީ ތައްޔާރަށް ކަމަށް މީގެ ކުރިން ބުނެފައިވެ އެވެ.
އައި ފިލްމްސްގެ އުފެއްދުންތަކުގެ ތެރޭގައި ޑްރާމާ ސިލްސިލާ "ބިރުވެރި ވާހަކަ ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް