ޖަލާލުއްދީން މިސްކިތުގެ ވުލޫކުރާ ބައިގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ބިދޭސީ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހައިފިއެވެ.
ރޭގައި ފުލުހުން ބުނީ މާލޭ މިސްކިތަކަށްދިޔަ ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ބިދޭސީ އެމީހާ ޖިންސީ ގޯނާ ކުރީ އުމުރުން 10 އަހަރު ނުވާ ފިރިހެން ކުއްޖަކަށެވެ. ބައެއް މީޑިއާތަކަށް އެ ކުއްޖާގެ އާއިލާގެ މެންބަރަކު މައުލޫމާތުދެމުން ބުނެފައިވަނީ އެ ކުއްޖާއަކީ އާއްމުކޮށް މިސްކިތަށް ދާ ކުއްޖެއް ކަމަށާއި އެއް ފަހަރަށްވުރެ ގިނައިން ބިދޭސީ އެމީހާ އެ ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ ކަމަށެވެ.
ބިދޭސީ އެމީހާގެ ޖިންސީ ގުނަވަން އެ ފިރިހެން ކުއްޖާއަށް ދައްކައިގެން ހުއްޓާ ފެނުނީ އެހެން ކުއްޖަކަށެވެ. އެ މަންޒަރު ފެނުނު ކުއްޖާ އެކަން އާންމުންނަށް އެންގުމުން އާންމުން ވަނީ ބިދޭސީ އެ މީހާ ހިފަހައްޓާ ފުލުހުންނާއި ހަވާލުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް