ކޯވިޑް ރިކަވަރީ ލޯނުތައް އަނބުރާ ދެއްކުމުގެ މުއްދަތު އަށް އަހަރަށް އިތުރުކޮށްދީފި

ކޯވިޑް-19 އާއި ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ދޫކުރި ރިކަވަރީ ލޯނުތައް އަނބުރާ ދެއްކުމުގެ މުއްދަތު އިތުރު ކޮށްދީފި އެވެ. މި ލޯނު ދޫކޮށްފައިވަނީ ޓޫރިޒަމް ދާއިރާ އާއި ބޮޑެތި ވ...

08 Feb 2023 | 10:28

ކޯވިޑް-19 އާއި ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ދޫކުރި ރިކަވަރީ ލޯނުތައް އަނބުރާ ދެއްކުމުގެ މުއްދަތު އިތުރު ކޮށްދީފި އެވެ.

މި ލޯނު ދޫކޮށްފައިވަނީ ޓޫރިޒަމް ދާއިރާ އާއި ބޮޑެތި ވިޔަފާރިތަކަށެވެ. ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު އިތުރުކޮށްދޭން ނިންމާފައިވަނީ އެކަމަށް އެދޭ ކުންފުނިތަކަށެވެ.

ފިނޭޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގއި ބުނީ ރިކަވަރީ ލޯނުގެ ގްރޭސްޕީރިއަސް19 މަސް ދުވަހަށް އިތުރުކޮށްފައިވާ ކަމަށެވެ. މި ލޯނު ދޫކުރި އިރު ގްރޭސް ޕީރިއަޑްގެ ގޮތުގައި ހަ މަސް ކަނޑައެޅުމަށް ފަހު، ފަހުން ވަނީ އެއް އަހަރަށް އިތުރުކޮށްދީފައި އެވެ.

19 މަހަށް ގްރޭސް ޕީރިއަސް އިދތުރު ކުރުމުން މިހާރު އެ ލޯނު ވިޔަފާރިތަކުން ދައްކަން ޖެހޭނީ އަށް އަހަރާއި ހަ މަސް ތެރޭގައި އެވެ.

އެ މިނިސްޓްރީން ބުނީ ރިކަވަރީ ސްކީމުން ލޯނު ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ގްރޭސް ޕީރިއަޑް އިތުރު ކުރުމަށާއި ލޯނު ރީޝެޑިއުލް ކުރަން އެދޭ ވިޔަފާރިތަކުން ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އެކަން އީމެއިލް މެދުވެރިކޮށް އެންގުމަށް އެދޭ ކަމަށެވެ.

ފިނޭންސް އިން ބުނީ މި ސްކީމަކީ ކޮވިޑްގެ ސަބަބުން ކުރިމަތިވި އިގުތިސާދީ ހީނަރުކަމުން އަރައިގަތުމަށް ވިޔަފާރިތަކަށް ވަރކިންގ ކެޕިޓަލް ފޯރުކޮށްދީ، މުވައްޒަފުންގެ ވަޒީފާއަށް އަސަރު ނުކުރާގޮތަށް އެ ދަތި ދަނޑިވަޅުން އަރައިގަތުމަށް އެހީތެރިވެދިނުމުގެ ގޮތުން ހުޅުވާލެވުނު ސްކީމަކަށްވެފައި، ލޯނު އަނބުރާ ދެއްކުމުގައިވެސް ލުއި ފަސޭހަ ގޮތްތަކެއް ފަހިކޮށްދިނުމަކީ އެ މިނިސްޓްރީގެ މަގުސަދެއް ކަމަށެވެ.

އަދި މިއީ ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ފައިސާއަށް ވުމާއެކު، މި ފައިސާ އަނބުރާ ހޯދުމަކީ މިފަދަ އިތުރު ސްކީމްތައް ހުޅުވާލުމަށް ފަހިވެގެންދާނެ ކަމެއް ކަމަށްވެސް ބުނެފައި ވެއެވެ.

ކޯވިޑާ ގުޅިގެން 184 ވިޔަފާރިއަކަށް 637.8 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. އެ ލޯނު ސްކީމްގެ ދަށުން ބީއެމްއެލުން ރިސޯޓުތަކަށް 7.7 މިލިއަން ރުފިިޔާގެ ލޯނު ދޫކުރި އިރު އެހެނިހެން ވިޔަފާރިތަކަށް ދޫކުރީ އެއް މިލިއަން ރުފިޔާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް