އުކުޅަހު ސްކޫލްގައި ހަތަރު ކްލާސް ރޫމް އަޅަން ބަދަހިއާ ހަވާލުކޮށްފި

އއ. އުކުޅަހު ސްކޫލުގައި ހަތަރު ކްލާސްރޫމް އިމާރާތް ކުރުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފި އެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ބަދަހި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއި އެވެ. މި އެއްބަސްވުމުގ...

08 Feb 2023 | 10:13

އއ. އުކުޅަހު ސްކޫލުގައި ހަތަރު ކްލާސްރޫމް އިމާރާތް ކުރުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފި އެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ ބަދަހި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއި އެވެ.

މި އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސީނިއާ ޕޮލިސީ ޑިރެކްޓަރު މުސާ ނައީމް އެވެ. ބަދަހި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއި ކުރެއްވީ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު އިޝްވާންއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި މަޝްރޫއުއަކީ 2022 ވަނަ އަހަރުގެ ޕީއެސްއައިޕީގެ ދަށުން ކުރިޔަށް ގެންދާ މަޝްރޫއުއެއް ކަމަށެވެ.

މި މަސައްކަތް ބަދަހި އާއި ހަވާލުކޮށްފައިވަނީ 4.9 މިލިއަން ރުފިޔާއަށެވެ.

މަސައްކަތް ނިންމަން ޖެހެނީ 200 ދުވަހުގެ ތެރޭގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް