ކްރިތީ އާއި ޕްރަބާސް އެންގޭޖްވާން ރާއްޖެ އަންނަނީ

ބޮލީވުޑް ބަތޮލާ ކްރިތީ ސަނޮން އާއި ސައުތު އިންޑިއަން އެކްޓަރު ޕްރަބާސް ރާޖޫ (ޕްރަބާސް) އެންގޭޖްމަންޓް ރަސްމިއްޔާތު ރާއްޖޭގައި ބާއްވަން ނިންމާފައިވާކަމަށް ބުނެފިއެވެ. ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދުވަ...

08 Feb 2023 | 07:19

ބޮލީވުޑް ބަތޮލާ ކްރިތީ ސަނޮން އާއި ސައުތު އިންޑިއަން އެކްޓަރު ޕްރަބާސް ރާޖޫ (ޕްރަބާސް) އެންގޭޖްމަންޓް ރަސްމިއްޔާތު ރާއްޖޭގައި ބާއްވަން ނިންމާފައިވާކަމަށް ބުނެފިއެވެ.

ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދުވަސް ތަކެއް ވެފައިވީނަމަވެސް މި ގުޅުން ރަސްމީކޮށް އިއުލާނުކޮށްފައެއް ނުވެއެވެ.

ބައެއް މަސްދަރުތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާގޮތުގައި ޕްރަބާސް އާއި ކްރިތީ އެންގޭޖްމަންޓް ރަސްމިއްޔާތު ބާއްވަން އަންނަ ހަފްތާގައި ރާއްޖެ އަންނާނެއެވެ. މިކަން ކްރިތީ ވެސް އަދި ޕްރަބާސްވެސް ދޮގުކޮށްފައެއް ނުވެއެވެ.

އިންޑިއާ ފިލްމު އިންޑަސްޓްރީގެ މި ޖޯޑުގެ އެންގޭޖްމަންޓްގެ ވާހަކައިގެ އަޑު ގަދަވެފައިވާއިރު ޕްރަބާސްގެ އުމުރަކީ 43 އަހަރެވެ. ކްރިތީ ގެ އުމުރަކީ 32 އަހަރެވެ. މި ދެ ތަރިންވެސް ކުރިން ކައިވެންޏެއް ކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް