ވީނުވީއެއް ނޭނގި ގެއްލިފައިވާ މުހައްމަދު އާސިރް އިސްމާއިލް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަދި ފެނިފައިނުވާކަމުގައި ފުލުހުން ބުނެފިއެވެ.
މިއަދު ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވީ މީހާ ހޯދުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. މިވަގުތު އިތުރު އަޕްޑޭޓެއް ނެތްކަމަށެވެ.
ގެއްލިގެން ހޯދަމުން އަންނަނީ ސ. މަރަދޫފޭދޫ/ގަސްކަރަ، އުމުރުން 31 އަހަރުގެ މުހައްމަދު އާސިރު އިސްމާއީލެވެ. އޭނާ ހޯދަމުން އަންނަނީ ވީ ނުވީއެއް ނޭނގި ގެއްލިފައިވާކަމަށް އާދީއްތަ ދުވަހު ރިޕޯޓް ކުރުމުން ކަމަށް ފުލުހުން ބުނެއެވެ.
އާއިލާއާއި ހަވާލާދީ ފުލުހުން ބުނެފައިވަނީ އޭނާ މިހާރު ދިރިއުޅެނީ މާލޭގައި ކަމަށާއި އެންމެ ފަހުން ފެނިފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 7:30 ހާއިރު ކަމަށެވެ. އަދި އޭރު ލައިގެން ހުރީ ނޫކުލައިގެ ޖީންސަކާއި ކަޅު ކުލައިގެ ގަމީހެއް ކަމަށްވެސް އާއިލާއާއި ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.
މުހައްމަދު އާސިރު އިސްމާއީލްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 ނުވަތަ ގަލޮޅު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9631696 އަށް ގުޅުއްވައި މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން އެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް