އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ ޕްރޮޖެކްޓް ގާތުން ބަލައި ކަންކަން ހައްލުކުރުމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ދުވަސްކޮޅަކަށް އައްޑޫ ސިޓީގައި ބޭސް ވާން (އައްޑޫ ސިޓީގައި ގާއިމުވެ ހުންނަން) ނިންމަވައިފިއެވެ.
މިނިސްޓަރު މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ޖަވާބުދާރީ ވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ އެގޮތުން އަންނަ ހޮނިހިރު ދުވަހު އައްޑޫއަށް ދުރުވާނެ ކަމަށާއި ކަންކަން ގާތުން ބަލައި ކަންކަން ހައްލު ކުރުމަށް ދުވަސްކޮޅަކަށް އައްޑޫގައި ބޭސްވުމަށް ނިންމަވާފައިވާކަމަށެވެ.
އައްޑޫ މަގު ހެދުމުގެ މަޝްރޫއަކީ އައްޑޫގައި ސަރުކާރުން ހިންގާ އެންމެ ބިޔަ މަޝްރޫއެވެ. އަދި މިއީ ލިންކް ރޯޑަށް ފަހު އައްޑޫގައި ކުރިއަށްދާ އެންމެ ބޮޑު މަގު ހެދުމުގެ މަޝްރޫޢުވެ. މި މަޝްރޫޢު ކުރިއަށްދަނީ އެފްކޯންސް އާއި ހަވާލުކޮށްގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް