ބްރޯޑްކޮމްއަށް ފަސް ނަމެއް

ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމުން އަހްމަދު ގައިސް އިސްތިއުފާ ދެއްވުމުން ހުސްވެފައިވާ މަގާމަށް ކުރިމަތިލި ނަންތަކުގެ ތެރެއިން ފަސް ނަމެއް މަޖިލީހުގެ ކަމާއިބެހޭ ކޮމިޓިއަށް ފޮނުވައިފިއެވެ. މަޖިލީ...

08 Feb 2023 | 06:17

ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމުން އަހްމަދު ގައިސް އިސްތިއުފާ ދެއްވުމުން ހުސްވެފައިވާ މަގާމަށް ކުރިމަތިލި ނަންތަކުގެ ތެރެއިން ފަސް ނަމެއް މަޖިލީހުގެ ކަމާއިބެހޭ ކޮމިޓިއަށް ފޮނުވައިފިއެވެ.

މަޖިލީހަށް މިއަދު ފޮނުވާފައިވާ ނަންތަކަށް ބަލައިލާއިރު ރައީސް ސޯލިހް އިސްކަންދެއްވާ ތަރުތީބުން ފަސް ނަމެއް ހުށަހަޅާފައިވެއެވެ.

ފަސް ނަމަކީ:

  • އައިމިނަތު ނުޒުހާ، ރިވޯޑް، ހއ. ހޯރަފުށި
  • ހުސެއިން އަމްރު، ވ. ރޯޝަން
  • ޝާން ސޯލިހު މުހައްމަދު، ފިނިވާދީ، ދ. ކުޑަހުވަދޫ
  • މަރިޔަމް ނަރީމާން ޝަރީފް، މުޝްތަރީގޭ، ގދ. ތިނަދޫ
  • މަރިޔަމް މުނާ، ބޯގަންވިލާ، ސ. ފޭދޫ

މި ނަންތައް ދިރާސާ ކޮށް ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިއަދު ވަނީ ފޮނުވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް