އަމީނީ މަގު ނިންމަން އާ ތާރީހެއް

އަމީނީ މަގު ހެދުމުގެ ޕްރޮޖެކްޓް ނިންމާނެ އާ ތާރީހެއް ހައުސިން މިނިސްޓްރީން ދީފިއެވެ. އާ ތާރީހަކީ 27 ސެޕްޓެމްބަރ 2023 އެވެ. މި ތާރީހު މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކ...

08 Feb 2023 | 04:17

އަމީނީ މަގު ހެދުމުގެ ޕްރޮޖެކްޓް ނިންމާނެ އާ ތާރީހެއް ހައުސިން މިނިސްޓްރީން ދީފިއެވެ.

އާ ތާރީހަކީ 27 ސެޕްޓެމްބަރ 2023 އެވެ.

މި ތާރީހު މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ކުރިން ވިސްނާފައި އޮތީ މި މަހުގެ ނިޔަލަށް ނިންމުމަށް ކަމަށާއި އެހެން ނަމަވެސް އެމްޑަބްލިއުއެސްސީގެ ސަޕްލައިން ޗެއިނަށް އައި ދަތިކަމެއްގެ ސަބަބުން ލަސްތަކެއް އައީ ކަމަށެވެ. އަދި މިހާރު އާ ތާރީހެއް ކަނޑައަޅާފައިވާނެ ކަމަށެވެ. ސެޕްޓެމްބަރުގެ ނިޔަލަށް މަސައްކަތް ނިމޭނެ ކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި ދައުރުގައި އިތުރު މަގެއް ހެދުމަށް ހަމަޖެހިފައިވޭތޯ މިނިސްޓަރު ކުރެން ހަސަން ލަތީފު ސުވާލު ކުރެއްވުމުން، މިނިސްޓަރު ވިދާޅުވީ މާލޭގެ މެރިން ޑްރައިވްގެ އުތުރު ފަރާތް އިތުރަށް ފުޅާކޮށް އެ ސަރަހައްދު ހެދުމަށް ޕްލޭން ކުރެވިފައިވާކަމަށާއި އެހެން ނަމަވެސް އަދި އެކަމުގެ އެއްބަސްވުމެއްގައި ސޮއި ކުރެވިފައި ނުވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް