ވެހިކަލްތަކަށް 1000 ޕާކިން ސްލޮޓް ދޫކުރަން ސިޓީ ކައުންސިލުން ނިންމައިފި، ބައެއް ސްލޮޓްތައް ވެހިކަލްގެ އުމުރަށް ވިއްކާނެ

ހަތަރު ފުރޮޅުލީ އުޅަނދުތަކަށް 1000 ޕާކިން ސްލޮޓް ދޫކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ. އެ ކައުންސިލުން ބުނެފައިވަނީ މި ނިންމުން ނިންމާފައިވަނީ މާލޭގަ ހަތަރު ފުރޮޅުލީ ވެހިކަލަށް ޕާކިން މައްސަ...

08 Feb 2022 | 17:26

ހަތަރު ފުރޮޅުލީ އުޅަނދުތަކަށް 1000 ޕާކިން ސްލޮޓް ދޫކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

އެ ކައުންސިލުން ބުނެފައިވަނީ މި ނިންމުން ނިންމާފައިވަނީ މާލޭގަ ހަތަރު ފުރޮޅުލީ ވެހިކަލަށް ޕާކިން މައްސަލަ އިންތިހާއަށް ބޮޑުވެފައިވާ ވުމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ގެނެސްދިނުމުގެ އަމާޒުގައި ކަމަށެވެ.

"80 ހާސް ރުފިޔާއަށްފަދަ ބޮޑު އަގެއްގައި ގަރާޖު ސިޓީ ގަންނަން މަޖުބޫރުވުން ނިމުމަކަށް ގެނައުން އުންމީދަކީ 80 ހާސް ރުފިޔާއަށް ގޭގެއިން ގަންނަ ސްލޮޓް އެމީހާއަށް ގިނަފަހަރު ނުލިބޭ" އެ ކައުންސިލުން ބުނެފައިވެއެވެ.

މި ނިންމުމާއި ގުޅޭގޮތުން އެ ކައުންސިލުން ބުނެފައިވަނީ އެ ކައުންސިލާއެކު އެގްރީމަންޓެއް ހަދައިގެން ލިބޭ ގަރާޖު ސްލޮޓަކީ ވެހިކަލް ގެ އުމުރަށް އެ ވެހިކަލް ބާއްވަން ޔަގީންކަމާއެކު ދެވޭ ސްލޮޓެއް ކަމަށާއި އަދި ޕާކިން ބިލްޑިންގްސް އަޅާފަ ބިލްޑިންގް ތެރެއަށް ސްލޮޓް ބަދަލުކުރުމުގެ ފުރުސަތު ދެވޭނެ ކަމަށެވެ.

"ޕާކިން ސްލޮޓް ތަަކުގެ 25 ޕަސެންޓް ހާއްސަ ކުރެވޭނީ ޓެކްސީ ތަކަށް ، 1000 ސްލޮޓްނަމަ 250 ސްލޮޓަކީ ޓެކްސީތަަކަށް ހާއްސަ، މާލޭގެ 20 ފޫޓަށްވުރެ ފުޅާ މަގުތަކުގެ ތެރެެއިން ސައިކަލް ޒޯން އަކަށް ނާރާގޮތަށް ޓްރެފިކަށް ބާރު ބޮޑުނުވާގޮތަށް ސްލޮޓްތައް ކުރަހާނީ، އަދި ކާނިވާ ސަރަހައްދު ފަދަ ތަންތަނުގައި، އެއްވެސް ސަބަބަކާ ހުރެ (ޑެވެލޮޕްމަންޓް މަޝްރޫއެއްފަދަ) ސްލޮޓް ލޮކޭޝަން ބަދަލުކުރަން ޖެހިއްޖެނަމަ، އެކަން ކޮށްދޭނެ" ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ އޮންލައިން ޕޯޓަލަކުން އެޕްލައިކޮށް ޑޮކިއުމަންޓްސް ވެރިފައި ކުރުމަށްފަހު، ބަނޑޭރި ޕޭއިން ޕޭމެންޓް ހަދާ އެގްރީމަންޓް ހަދާގޮތަށް، މާލޭގެ ޗާޓުން ސްލޮޓްތައް ހުރި ތަންތަނާ ބޭނުންވާ ސްލޮޓްތައް 123 ތަރުތީބުން ޗޫޒްކޮށްފަ ސަބްމިޓް ކުރެވޭގޮތަށް، އެވެއިލެބިލިޓީއަށް ބަލާ އެޕްލައިކުރި ޗޮއިސްއާ އެއްގޮތަށް ސްލޮޓްތައް ހަމަޖައްސައިދެވޭނެ ކަމަށެވެ. އެގޮތުން ކަން ކުރިއަށްދާނީ އޮންލައިންކޮށް އެއަރލައިން ސީޓިން ބުކިން، ސިނެމާ ސީޓް ބުކިން ހަދާފަދަ ގޮތަކަށް ކަމަށެވެ.

އަގުތަކާއެކު ކަމާބެހޭ އިއުލާނު ވަރަށް އަވަހަށް ކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އެ ކައުންސިލުން ބުނެފައިވާގޮތުގައި މި ޖާގަތައް ދޫކުރަނީ ދެގޮތަކަށެވެ. އެއްގޮތަކީ ވެހިކަލްގެ އުމުރަށް (ވެހިކަލް ފަނާވެ ދަންދެން) އެ ޖާގައެއް ވެހިކަލަށް ދޫކުރުމެވެ. ދެވަނަ ގޮތަކީ މަހުން މަހަށް ދައްކާގޮތަށް ބައެއް ޖާގަތައް ދޫކުރުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް