އަނިޔާގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށް ފަހު ބްރެޒިލް އަދި ޕީއެސްޖީގެ ފޯވާޑް ނޭމާ ޓީމުގެ ފަރިތަކުރުންތަކަށް ނުކުންނަން ފަށައިފިއެވެ.
ފްރާންސް ލީގުގައި ރެންސް އާއި ދެކޮޅަށް ޕީއެސްޖީ ނުކުތުމުގެ ކުރިން މިއަދު ބޭއްވި ފަރިތަކުރުންތަކުގައި ނޭމާވަނީ ޓީމުގެ ކުޅުންތެރިންނާއެކު ބައިވެރިވެފައިއެވެ. ނަމަވެސް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޕީއެސްޖީގެ ކޯޗު ޕޮޗެޓީނޯ ބުނީ ލީގުގައި ދެން ރެންސްއާއި ދެކޮޅަށް ދެކޮޅަށް ކުޅޭ މެޗުގައި ނޭމާ ނުގެނިދާނެ ކަމަށެވެ. މިދިޔަ އަހަރުގެ ނިވެމްބަރު މަހުން ފެށިގެން މިހާތަނަށް ލީގުގައި ޕީއެސްޖީ ކުޅުނު އެއްވެސް މެޗެއްގައި ނޭމާ ކުޅެފައެއް ނުވެއެވެ. ނަމަވެސް ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ސްޕެއިންގެ ރެއާލް މެޑްރިޑާއި ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗުގައި ނޭމާ ފެނުމުގެ ފުރުސަތު ބޮޑުކަމަށް ވެސް ޕޮޗެޓީނޯ ބުންޏެވެ.
" އަނިޔާއަށް ފަހު ނޭމާ މިހާރު ވަނީ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފަ. ނަމަވެސް ލީގުގައި ރެންސްއާއި ދެކޮޅަށް ނޭމާ ނުފެނިދާނެ. އެކަމަކު ޗެމްޕިއަންސް ލީގު ދެވަނަ ބުރުގައި ރެއާލް އާއި ދެކޮޅަށް ނޭމާ ފެނުން ގާތް." ޕޮޗެޓީނޯ ބުންޏެވެ.
ނޭމާއަށް އަނިޔާވެފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަސްތެރޭ ފްރެންޗް ލީގުގައި ސެއިންޓް އެޓިއެންއާއި ދެކޮލަށް ކުޅުނު މެޗުގައި އޭނާގެ ވާތު ފައިގެ ކުޑަ ހުޅަށެވެ. މި އަނިޔާއާއި ގުޅިގެން ކުޅުމާއި ދުރުގައި ދެ މަސްދުވަހު ނޭމާއަށް ހުންނަން ޖެހުނެވެ.
ނޭމާ ވަނީ ޕީއެސްޖީ އަށް މިހާތަނަށް ކުޅެދިން 130 މެޗުގައި 90 ގޯލު ޖަހައިދީ 55 އެސިސްޓު ހަދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް