ހަތެއް ފެބްރުއަރީގައި ހިންގި އަނިޔާތަކަށް އިންސާފު ކަށަވަރު ވާނީ، އެ ދުވަހު "ބަގާވާތް" ކުރުމުގައި އިސްކޮށް އުޅުނު މީހުން ދަން ޖެއްސިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.
ނާޒިލް މިހެން ވިދާޅުވީ، ވިހެއުމާ ގުޅިގެން އަންހެން ފަނޑިޔާރުންނަށް ހަ މަހުގެ ޗުއްޓީއެއް ދެވޭގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅައިފައިވާ ބިލަށް ބަހުސް ކުރައްވަމުންނެވެ.
ނާޒީލް ވިދާޅުވީ ހަތެއް ފެބްރުއަރީގައި ހިންގީ ބޮޑު ބަގާވާތެއްކަމަށާއި، ބަގާވާތުގެ ވެރިން ހަގީގަތުގައި އޮންނަ ހުކުމަކީ ދަންޖެއްސުންކަމަށާއި، އެ ކަން ކުރި ބަޔަކަށް ހައްގު އަދަބެއް ނުދެވުނުކަމަށެވެ.
އިންސާފުގެ ވާހަކަ ދައްކާ އިރު، މިއަދު އެ ބަގާވަތް ކުރި ބަޔަކު ދަންޖެއްސުނު ނަމަ އިންސާފު އޮތީ ޔަގީނުންވެސް ކަށަވަރުވެފައި ކަމަށް ނާޒިލް ވިދާޅުވިއެވެ.
ނާޒިލް އިތުރަށް ވިދާޅުވީ، ކުރީގެ ރައީސް ނަޝީދު ގެ ވެރިކަމުގައި ފަނޑިޔާރުގެތަކަށް އިސްލާހުގެންނަން އުޅުނު ކަމަށެވެ. ނަމަވެސް ގިނަ ބަޔަކަށް ހީވެފައި އޮތީ ފަނޑިޔާރުގެތައް އިސްލާހު ކުރުމުން އެކަމުގެ ފޮނި މީރުކަން ކުރާނީ ހަމައެކަނި ރައީސް ނަޝީދަށް ކަމަށް ނާޒިލް ވިދާޅު ވިއެވެ. އެހެން ކަމުން ރައީސް ނަޝީދައް ދަތި އުނދަގޫތަށް ކުރިމަތިކުރުވި ކަމަށް ނާޒިލް ފާހަގަކުރެއްވިއެވެ.
2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު ރައީސް ނަޝީދު އޭރުގެ ވެރިކަމުން ވަނީ އިސްތިއުފާ ދެއްވާފައެވެ. ހަމަ އެއާކު އޭގެ އަނިއް ދުވަހު ރައީސް ނަޝީދުގެ ސަޕޯޓަރުންނާއެކު މަގުމައްޗަށް ނިކުމެ، އެމަނިކުފާނު އިސްތުފާދިނީ މަޖުބޫރު ކޮށްގެން ކަމަށް ބުނެ ބޮޑަތި ހަމަނުޖެހުން ތަކެއް ވަނީ ހިންގާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް