ކުރިއަށް އޮތް ރަމަޟާން މަހަށް މާލޭގެ މިސްކިތްތައް މަރާމާތުކުރުމާއި ޒީނަތްތްތެރިކުރުމުގެ ގޮތުން، މާލޭގެ މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.
އެގޮތުން މާލެ، ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 32 މިސްކިތެއް ވަނީ މަރާމާތުކުރަން ނިންމާފައެވެ.
މިސްކިތްތައް މަރާމާތު ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފެށީ ސަރުކާރުން ހަމަޖައްސައިދިން އެއް މިލިއަން ރުފިޔާގެ ބަޖެޓަކުންނެވެ. ނަމަވެސް އެ މަސައްކަތަށް 13.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
https://twitter.com/MaleCitymv/status/1490917897606418432?cxt=HHwWgMDSwbf75rApAAAA
މިސްކިތްތައް މަރާމާތުކުރަން ފަންޑު ހޯދުމުގެ މަސައްކަތްވެސް ސިޓީ ކައުންސިލުން ވަނީ ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް