އިންސްޓަގްރާމް ގައި ރޮނާލްޑޯއަށް 400 މިލިއަން ފޮލޯވަރުން

އިންސްޓަގްރާމްގައި އެންމެ ގިނަމީހުން ފޮލޯ ކުރަމުން އަންނަ މީހަކަށް، މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ވެއްޖެއެވެ. އެގޮތުން ރޮނާލްޑޯ ވަނީ 400 މިލިއަން ފޮލޯވަރުން ހޯދާފައެވެ. މެންޗެސް...

08 Feb 2022 | 09:42

އިންސްޓަގްރާމްގައި އެންމެ ގިނަމީހުން ފޮލޯ ކުރަމުން އަންނަ މީހަކަށް، މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ވެއްޖެއެވެ. އެގޮތުން ރޮނާލްޑޯ ވަނީ 400 މިލިއަން ފޮލޯވަރުން ހޯދާފައެވެ.

މެންޗެސްޓާރ ކުލަބަށް ކުޅެމުން އަންން ރޯނާލްޑޯ ވަނީ ނިމިދިޔަ އަހަރުގެ ޖެނުއަރާގައިވެސް 200 މިލިއަން ފޮލޯވަރުންނާއެކު އެންމެގިން މީހުން ފޮލޯކުރާ މީހާގެ ޝަރަފް ހޯދާފައެވެ.

37 އަހަރުގެ ރޮނާލްޑޯ  ފޮލޯކުރާނީ 500 މީހުންށެވެ.ފޭސްބުކްގައިވެސް އެންެގިނަ މީހުން ފޮލޯކުރާ ކުޅުންތެރިޔަކީ ރޮނާލްޑޯއެވެ.

ރޮނާލްޑޯގެ އިތުރުން އެންމެގިނަ މީހުން ފޮލޯކުރާ މީހަކީ މަޝްހޫރް މޮޑެލް ކައިލީ ޖެނާއެވެ. ކައިލީ އިންސްޓަގްރާމް ގެ ފޮލޯވަރުންގެ އަދަދަކީ 309 މިލިއަނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް