ހެންވޭރުގެ ބައެއް ސަރަހައްދުތަކުން މިއަދު ހަވީރު ގަޑިއިރަކަށް ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
އެ ކުންފުނިން ކުރި ޓްވީޓެއްގައި ބުނީ، ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ކުރުމަށްޓަކައި ހެންވޭރުން އަމީރު އަހުމަދު މަގާއި ހިތްފަސޭހަ ގޯޅި އަދި ބޮޑުތަކުރުފާނު މަގު ހިމެނޭ ސަރަހައްދުން ކަރަންޓު ކަނޑާލަން ނިންމާފައިވާ ކަމަށެވެ. ކަރަންޓު ކަނޑާލާނީ ހަވީރު 4:00 އިން 5:00 އަށެވެ.
https://twitter.com/STELCOMALDIVES/status/1490962746300837888?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1490962746300837888%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fmihaaru.com%2Fbusiness%2F104229
ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯ އިން މާފަށް އެދެ އެވެ. އަދި ވީހާ ވެސް އަވަހަކަށް މި މަސައްކަތް ނިންމައި ކަރަންޓު އަނބުރާ ދޭން މަސައްކަތް ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް