ރީބާ މޮނިކާ، ފިރިކަލުންނާއެކު މާމުއި ހަނދަށް ރާއްޖެއަށް

މަޝްހޫރު އެކްޓްރެސް ރީބާ މޮނިކާ އާއި އޭނާގެ ފިރިމީހާ ޖޮއެމަން ޖޮއެސަފް މާމުއި ހަނދަށް ރާއްޖެ އަތުވެއްޖެއެވެ. ރީބާ މާމުއި ހަނދަށް ރާއްޖެ އައިކަން ހާމަކޮށްފައިވަނީ އިންސްޓަގްރާމް ޕޯސްޓެއް މެދުވެރި ކޮށްށ...

08 Feb 2022 | 09:21

މަޝްހޫރު އެކްޓްރެސް ރީބާ މޮނިކާ އާއި އޭނާގެ ފިރިމީހާ ޖޮއެމަން ޖޮއެސަފް މާމުއި ހަނދަށް ރާއްޖެ އަތުވެއްޖެއެވެ.

ރީބާ މާމުއި ހަނދަށް ރާއްޖެ އައިކަން ހާމަކޮށްފައިވަނީ އިންސްޓަގްރާމް ޕޯސްޓެއް މެދުވެރި ކޮށްށެވެ. އެ ޕޯސްޓްގައި ރީބާ ވަނީ ރާއްޖޭގެ އަތިރިމަތީގައި ނަގާފައިވާ އެނާ އާއި ފިރިމީހާގެ ފޮޓޮއެއް ޕޯސްޓްކޮށްފައެވެ.

ރީބާ އިންސްޓަގްރާމް ސްޓޯރީގައިވެސް އަންނަނީ މި ދެމަފިރިން ރާއްޖޭގައި ޖަހާ ސަކަރާތްތައް ހިއްސާކުރަމުންނެވެ.

މި މަހު ނުވަ ވަނަ ދުވަހު ކައިވެނި ކުރި މި ދެމަފިރިން ކައިވެނީގެ ފަހުން މާމުއި ހަނދަށް ވަނީ ސްރީ ލަންކާއަށް ވެސް ގޮސްފައެވެ.

ކައިވެނީގެ ފޮނި ދުވަސްތަށް ރީބާ މަޖަލުގައި ހޭދަކުރިޔަސް އޭނާ އަންނަނީ މި މަހު 11 ގައި ފިލްމެއް ރިލީސްކުރަން ތައްޔާރުވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް