ކޯވިޑްގައި 77 އަހަރުގެ އަންހެނަކު މީހަކު މަރުވެއްޖެ

ކޯވިޑަށް ފަރުވާ ދެމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ އުމުރުން77 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެމީހާ މަރުވީ ރޭ މެންދަމު3:32 ގައި އެވެ. މަރުވި އިރު ފަރުވާ ...

08 Feb 2022 | 08:15

ކޯވިޑަށް ފަރުވާ ދެމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ އުމުރުން77 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެމީހާ މަރުވީ ރޭ މެންދަމު3:32 ގައި އެވެ.

މަރުވި އިރު ފަރުވާ ދެމުންދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެވެ.

މިއީ މިބަލީގައި މިމަހު މަރުވި އަށް ވަނަ މީހާ އެވެ. މިމަހު ފެށުނީންސުރެ ކޮންމެ ދުވަހަކު ކޯވިޑް ބަލީގައި މީހަކު މަރުވެފައިވެ އެވެ.

މިއަދުގެ މަރާއި އެކު ރާއްޖެއިން ކޯވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ285ށް އަރާފަ އެވެ.

އެޗްޕީއޭގެ ތަފާސް ހިސާބު ދައްކާގޮތުން އިއްޔެގެ ނިޔަލަށް151،913 މީހުންނަށް ރާއްޖޭގައި ކޯވިޑް ޖެހިފައިވެ އެވެ.

އޭގެ ތެރެއިން134،841 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ.

މިވަގުތު ކޯވިޑް ޖެހިގެން16،775 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން60 މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް