އަލްމަރްހޫމް މުޙައްމަދު ރަޝީދު ވަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ޚިދުމަތްކުރުމުގެ ރިވެތި ނަމޫނާއެއް ދައްކަވާފަ: ރައީސް ސޯލިހު

އަލްމަރްހޫމް މުޙައްމަދު ރަޝީދު ވަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ޚިދުމަތްކުރުމުގެ ރިވެތި ނަމޫނާއެއް ދައްކަވާފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނ...

08 Feb 2022 | 06:33

އަލްމަރްހޫމް މުޙައްމަދު ރަޝީދު ވަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ޚިދުމަތްކުރުމުގެ ރިވެތި ނަމޫނާއެއް ދައްކަވާފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ކުރީގެ ޗެއާމަން އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ ހަނދާނުގައި ސްޓެލްކޯގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ސޮއި ކުރައްވާ ލިޔތުއްވި ބަޔާނުގައެވެ.

އެމަނިކުފާނުގެ ބަޔާނުގައި ވިދާޅުވެފައިވަނީ އަލްމަރްހޫމް މުޙައްމަދު ރަޝީދަކީ ރާއްޖޭގެ ހަކަތައިގެ ސިނާޢަތު ކުރިއަރުވައި ތަރައްޤީކުރެއްވުމުގައި ދިގު މުއްދަތެއްގައި އިޚްލާޞްތެރި އަގުހުރި މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި މާލޭގެ ކަރަންޓުގެ ޚިދުމަތް ފުޅާކޮށް ޒަމާނީ ކުރުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ޚިދުމަތްތެރިއެއް ކަމަށެވެ.

މީގެ އިތުރުން ޚިދުމަތުގެ ދާއިރާގައި މަރްޙޫމް މުޙައްމަދު ރަޝީދު ފާހަގަކުރެވެނީ ކަމަށް ކަމޭހިތްތަވައި ފަރުވާތެރިކަމާއެކު ޚިދުމަތުގައި ދެމިހުންނެވި އިންޖިނޭރެއްގެ ގޮތުގައި ކަމަށާއި މުޙައްމަދު ރަޝީދު ވަކިވެވަޑައިގެންނެވީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ޚިދުމަތްކުރުމުގެ ރިވެތި ނަމޫނާއެއް ދައްކަވާފައި ކަމުގައި ވެސް ރައީސް ގެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި އަލްމަރްހޫމް މުޙައްމަދު ރަޝީދަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމަށް އެދި މާތް ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވައި، އެބޭފުޅާގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގެން ވަނީ ދުޢާ ދަންނަވާފައެވެ.

އަލްމަރްހޫމް މުޙައްމަދު ރަޝީދުވަނީ ސްޓެލްކޯގައި 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައެވެ. މާލޭ އިންޖީނުގެ ގޭގެ އެންމެ އާދައިގެ ވަޒީފާއަކުން ޚިދުމަތާ ގުޅިވަޑައިގެންނެވުމަށް ފަހު ސްޓެލްކޯގެ އެކި މަޤާމުތަކުގައި ޚިދުމަތްކުރައްވައި އެންމެ ފަހުން ހުންނެވީ ސްޓެލްކޯގެ ޗެއަރމަންގެ މަޤާމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް