އިއްޔެ ފެށި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރަށް ސަރުކާޜުގެ ފަރާތުން36 ބިލެއް ހުށަހަޅަން ނިންމާފައިވާ އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
އޭޖީ އޮފީހުން މިއަދު ވަނީ މަޖިލީހަށް ހުށަހަޅާ ބިލްތަކުގެ އަދަދާއި ނަންތައް ހާމަކޮށްފަ އެވެ. އޭގެ ތެރޭގައި މުޅިން އަލަށް ތައްޔާރުކޮށް ހުށަހަޅާ13 ބިލެއް ހިމެނެ އެވެ.
އޭޖީ އޮފީހުން ބުނީ މި ބިލުތަކުގެ ލިސްޓު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.
އަލަށް މި ދައުރުގައި މަޖިލީހަށް ހުށަހަޅާ ބިލުތަކުގެ ތެރޭގައި
ގަނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލު
އަބުރާއި ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލް
މޯލްޑީވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީގެ ބިލް
ގިންތި ކަނޑައެޅުމާއި ދަރަޖަ ކުރުމުގެ ބިލު
މޯލްޑިވްސް ހެލްތް ސާވިސްގެ ބިލް
އާއިލާ އާއި ބެހޭ ބިލު
ކުންފުނީގެ ބިލް
މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމުގެ ބިލް
އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލް
ކުނި ނައްތާލުމާއި މެނޭޖްކުރުމުގެ ބިލް
ގަލާއި ވެއްޔާއި އަކިރި ނެގުމާއި ބޭނުން ކުރުމުގެ ބިލް
މަދަނީ ވައިގެ ދަތުރުފަތުރުގެ ބިލް
ވައިގެ މަގުން ދަތުރު ކުރާ ފަސިންޖަރުންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލް
ކެމިކަލް ހަތިޔާރު މަނާ ކުރުމުގެ ބިލެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް