ލަވަކިޔުންތެރިޔާ ލަތާއަށް، ޝާނީގެ ޓްރިބިއުޓެއް ދީފި

މިއުޒިކީ ލެޖެންޑް އިންޑިއާގެ ލަތާ މަންގޭޝްކަރަށް ރާޢްޖޭގެ ލަވަކިޔުންތެރިޔާ މަރިޔަމް ޝާނީ ޓްރިބިއުޓެއް ދީފި އެވެ. އުމުރުން92 އަހަރުގައި ލަތާ މަރުވީ މިދިޔަ އާދިއްތަ ދުވަހު އެވެ. މަރުވީ ކޯވިޑް ޖެހިގެން ހ...

08 Feb 2022 | 05:22

މިއުޒިކީ ލެޖެންޑް އިންޑިއާގެ ލަތާ މަންގޭޝްކަރަށް ރާޢްޖޭގެ ލަވަކިޔުންތެރިޔާ މަރިޔަމް ޝާނީ ޓްރިބިއުޓެއް ދީފި އެވެ.

އުމުރުން92 އަހަރުގައި ލަތާ މަރުވީ މިދިޔަ އާދިއްތަ ދުވަހު އެވެ. މަރުވީ ކޯވިޑް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭތާ މަހެއްހާ ދުވަސް ފަހުންނެވެ.

ލަތާ މަރުވުމުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ހިތާަ ފާޅުކޮށް މީހުން ޓްރިބިއުޓް ދެމުންދާއިރު އޭގެ ތެރޭގައި ގިނައީ މަޝްހޫރު ލަވަކިޔުންތެރިންނެވެ. ޝާނީވެސް މިހާރު ވަނީ އޭގެ ތެރޭގައި ހިމެނިފަ އެވެ.

ޓްވީޓާގައި ޝާނީ ހިއްސާކުރި މިނެޓެއްހާއިރުގެ ވީޑިއޯގައި އިވެނީ ޕިއާނޯ ކުޅެމުން ލަތާގެ "އަޖީބް ދާސްތާ ހެ ޔޭ" ލަވަ ޝާނީ ކިޔާ އަޑެވެ. މި ލަވަ އަކީ 1960 ވަނަ އަހަރު ނެރުނު ފިލްމު، "ދިލް އަޕްނާ އޯރް ޕްރީތު ޕަރާއީ" އަށް ލަތާ ކިޔާފައިވާ ލަވައެކެވެ.

https://twitter.com/shani1i/status/1490746035190525952

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް