މިހާރުގެ ކުލަބު ޕީއެސްޖީ ދޫކޮށް ދިއުމާއި މެދު ވަކިގޮތެއް އަދި ވެސް ނުނިންމާ ކަމަށާއި މުސްތަޤުބަލާއި މެދު ގޮތެއް ނިންމާނީ ޗެމްޕިއަންސް ލީގަށް ފަހު ކަމަށް ޕީއެސްޖީގެ ތަރި ކީލިއަން އެމްބާޕޭ ބުނެފިއެވެ.
އެންމެ ފަހުން ފްރެންޗް ލީގުގައި ލިލްއާއި ދެކޮޅަށް ކުޅެ 1-5 އިން ޕީއެސްޖީ މޮޅުވި މެޗަށް ފަހު މީޑިއާއި ވާހަކަ ދައްކަމުން އެމްބާޕޭ ބުނީ އަދި މުސްތަޤުބަލާއި މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށާއި މުސްތަޤުބަލާއި މެދު ވަކކިގޮތެއް ނިންމާނީ ޗެމްޕިއަންސް ލީގަށް ފަހުގައި ކަމަށެވެ.
“އަހަރެން އަހަރެންގެ މުސްތަޤުބަލާއި މެދު އަދި ވަކި ގޮތެއް ނުނިިންމަން، ދާނެ ކުލަބަކާއި މެދުވެސް ނުވިސްނަން އެފަދަ ކަމަކާއި މެދު ވިސްނިޔަސް ވިސްނާނީ މިހާރު ކުރިޔަށްދާ ޗެމްޕިއަންސް ލީގު މުބާރާތައް ފަހު.” އެމްބާޕޭ ބުންނެވެ.
އެމްބާޕޭ ބުނީ އޭނާގެ ވިސްނުން އަދި ހުރީ ޕީއެސްޖީއާއި އެކު ކުރިޔަށް ދާން ކަމަށާއި ބޭނުން ވަނީ ކުލަބާއި އެކު އިތުރު ކާމިޔާބީތައް ހޯދަން ކަމަށެވެ.
އެމްބާޕޭ ބުނީ ކުލަބު ބަދަލުކުރުމާއި މެދު ވިސްނުމުގެ ކުރިން އެންމެ ބޮޑު އިސްކަމެއް ދޭނީ ޕީއެސްޖީ އާއި އެކު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް ކަމަށެވެ. އެހެން އިތުރު އެއްވެސް ވިސްނުމެއް މިހާރު ނެތްކަމަށްވެސް އެމްބާޕޭ ބުންޏެވެ.
ޕީއެސްޖީއާއެކު އެމްބާޕޭ ހަދާފައިވާ އެއްބަސްވުން އަންނަ ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. އެއަށްފަހު އޭނާ ވެގެންދާނީ ފްރީ އޭޖެންޓަކަށެވެ. އެހެންކަމުން އެއްވެސް ފީ އަކާއި ނުލާ ބޭނުން ކުލަބަކަށް ހިލޭ ބަދަލުވުމުގެ ފުރުސަތު އޭނާއަށް ލިބޭނެއެވެ.
ނަމަވެސް ރިޕޯޓުތައް ބުނާ ގޮތުގައި އެމްބާޕޭ ޕީއެސްޖީ ދޫކޮށް އެހެން ކުލަބަކަށް ދިއުނުގެ ވިސްނުމެއް އަދި ނުގެންގުޅެއެވެ. އެގޮތުން އަދިވެސް ޕީއެސްޖީއާއި އެކު އިތުރު އެއްބަސްވުމަކަށް އެމްބާޕޭ ދިއުން ގާތްކަމަށް ރިޕޯޓުތައް ބުނެއެވެ.
ޕީއެސްޖީއަކީ މިވަގުތު ޔޫރަޕްގައި އޮތް އެންމެ ވަރުގަދަ ސްކޮޑެއް އޮތް ޓީމެވެ. ޕީއެސްޖީގެ ސްކޮޑަށް ބަލާއިރު، އާޖެންޓީނާގެ ތަރި ލޮއިނެލް މެސީގެ އިތުރުން ނޭމާ އެމްވާޕޭ، ޑޮންނަރުންމާ ފަދަ ކުޅުންތެރިން ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް