އަހަރެންގެ ބޭންކް: ބީއެމްއެލުން ދޫކުރި ކާޑުގެ އަދަދު ދެލައްކަ އައްޑިހަ ހާހަށް

ބޭންކް އޮފް މޯލްޑިވްސްއިން 280000 (ދެލައްކަ އަށްޑިހަ ހާސް)ވަނަ ކާޑު މިއަދު ކަސްޓަމަރާ ހަވާލުކޮށްފިއެވެ. ބީއެމްއެލްގެ މިލަނޑުދަނޑި ހާސިލްވުން ފާހަގަކުރުމަށް މިއަދު ބޭންކްގެ މައި އޮފީހުގައި ބޭއްވި ރަސްމ...

08 Feb 2017 | 09:13

ބޭންކް އޮފް މޯލްޑިވްސްއިން 280000 (ދެލައްކަ އަށްޑިހަ ހާސް)ވަނަ ކާޑު މިއަދު ކަސްޓަމަރާ ހަވާލުކޮށްފިއެވެ.

ބީއެމްއެލްގެ މިލަނޑުދަނޑި ހާސިލްވުން ފާހަގަކުރުމަށް މިއަދު ބޭންކްގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި 280000 (ދެލައްކައަށްޑިހަހާސް) ވަނަ ކާޑު ލިބުނު ފަރާތްކަމަށްވާ ސިމް ޖާބިރު އާކާޑު ހަވާލުކޮށްދެއްވީ ބޭންކުގެ ހެޑް އޮފް ކާޑު ސަރވިސަސް އަލްފާޟިލް ޢަބްދުލް ޢަލީމް ޢަބްދުލް ޣަފޫރު އެވެ. ސިމް ޖާބިރުގެ ކާޑު ޚިދުމަތް އަޕްގްރޭޑް ކުރުމަށްފަހު މިހަފްލާގައި ވިސާ ޕްލެޓިނަމް ކާޑެއްއޭނާއަށް ވަނީ ދީފައެވެ.

ބޭންކް އޮފް މޯލްޑިވްސްއިން މިހާރު ދޫކުރާ ކާޑުތަކުގެ ތެރޭގައި އެމެރިކަން އެކްސްޕްރެސް ޑެބިޓް އަދި ކްރެޑިޓް ކާޑާއި، ވިސާ ޑެބިޓް އަދި ކްރެޑިޓް ކާޑު ހިމެނެއެވެ.އަދި މީގެ އިތުރުން މާސްޓަރ ކާޑުގެ ގިފްޓް ކާޑާއި ޕްރިޕެއިޑް ކާޑުވެސް ބޭންކުން ދަނީ ދޫކުރަމުންނެވެ.ބީއެމްއެލްގެ ކާޑު ބޭނުންކޮށްގެން ތަފާތު ޒަމާނީ ޚިދުމަތްތައް މިހާރު ދަނީ ފޯރުކޮށްދެމުންނެވެ. މީގެ ތެރޭގައި ބޭންކުން ދޫކުރާ ކްރެޑިޓް ކާޑާއި ވިސާޑެބިޓް ކާޑު ބޭނުންކޮށްގެން ރާއްޖޭން ބޭރުގައި ވިޔަފާރި މުއާމަލާތް ކުރެވެއެވެ. ބީއެމްއެލްގެ ކާޑުތައް ދުނިޔޭގެ 200 އަށް ވުރެ ގިނަ ގައުމުގައި ބޭނުން ކުރެވެއެވެ. ރާއްޖޭގެ އެންމެ ބޮޑު ޕީއޯއެސް ނެޓްވާކްގެ މެދުވެރިކޮށް ވިޔަފާރިކުރެވެއެވެ.އަދި މީގެ އިތުރުން ބީއެމްއެލް ޑެބިޓް ކާޑު ބޭނުންކޮށްގެން ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ގާއިމުކޮށްފައިވާ ބީއެމްއެލް ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގޭނެ އިންތިޒާމު ވެސް ވަނީ ހަމަޖެހިފައެވެ.

މުޅިރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 31 ބްރާންޗް، 78 އޭޓީއެމް، 4000 ޕީއޯއެސް މަރޗަންޓުން، 190 ކޭޝްއޭޖެންޓުން،20 ސެލްފްސަރވިސް ބޭންކިންގ ސެންޓަރއަދި 5 ދޯނި ބޭންކިންގ ޔުނިޓުގެ އިތުރުން އެންމެޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކްއޮފްމޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަންފޯރުކޮށްދިނުން ކަމުގައި ބީއެމްއެލްއިން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް