އަލިފުޅު ތުއްތު ފައުންޑޭޝަން (ޗަމްޕާ އާއިލާ) އިން އެޅި ދެ މިސްކިތެއް ސަރުކާރާއި ހަވާލުކޮށްފި އެވެ.
މިނިސްޓްރީ އާއި ހަވާލުކޮށްފައިވަނީ 12 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން އެ ފައުންޑޭޝަނުން ރ. ހުޅުދުއްފާރާއި ލ. މާމެންދޫގައި އަޅާފައިވާ ދެ މިސްކިތެވެ. އެ ފައުންޑޭޝަނުން ހުޅުއްފާރުގައި އަޅާފައިވަނީ 504 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އަދި މާމެންދޫގައި އަޅާފައިވަނީ 304 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
މިހާރުވެސް އަލިފުޅު ތުއްތު ފައުންޑޭޝަނުން ދަނީ އިތުރު ތިން ރަށެއްގައި މިސްކިތް އިމާރާތް ކުރަމުންނެވެ. އެއީ ހއ. ތަކަންދޫ އާއި ށ. ނަރުދޫ އާއި މ. މުލަކުގައި އެވެ.
އެ ފައުންޑޭޝަނުން ބުނީ މި ދެ މިސްކިތްތަކަކީ އިޖްތިމާއީ ޒިންމާގެ ދަށުން އިމާރާތް ކުރުމަށް ފަހު ސަރުކާރާއި ހަވާލު ކުރި ދެ މިސްކިތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް