ބަދަލުތަކަކާއި އެކު ކައުންސިލް އިންތިހާބުގެ ޝަރުުތަކަށް ހުށަހެޅި އިސްލާހު ފާސްކޮށްފި

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ބައެއް ޖިނާއީ ކުށްތަކަށް އަރައިގެންނަ މީހުންނަށްވާދަ ނުކުރެވޭނެ ކަމަށް ކަނޑައަޅައި ކައުންސިލް އިންތިހާބުގެ ޝަރުތަކަށް ބަދަލު ގެންނަން ...

08 Feb 2017 | 07:28

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ބައެއް ޖިނާއީ ކުށްތަކަށް އަރައިގެންނަ މީހުންނަށްވާދަ ނުކުރެވޭނެ ކަމަށް ކަނޑައަޅައި ކައުންސިލް އިންތިހާބުގެ ޝަރުތަކަށް ބަދަލު ގެންނަން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮމިޓިން ނިންމިގޮތަށް އެ އިސްލާހު ފާސްވީ 46 މެންބަރުންގެ ތާއީދާއި އެކު އެވެ. ދެކޮޅަށް 19 މެންބަރުން ވޯޓު ދެއްވި އެވެ.

ހޮޅުދޫ ދާއިިރާގެ މެންބަރު އަލީ މުހައްމަދު ހުށަހެޅުއްވި ބިލު ގައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާ ކުރުމަށް ފަހު ނިންމާފައިވަނީ ޖިނާއީ ކުށްތައްކަމަށްވާ ކުޑަކުދިންނާ އެކު ބަދުއަހުލާގީ އަމަލު ހިންގިކަން ނުވަތަ މީހެއްގެ އިއްފަތްތެރިކަން ފޭރިގަތްކަން ޝަރީއަތަށް ސާބިތުވެފައިވާ މީހުންނަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް ބަދަލު ގެނައުމަށެވެ.

އެކަމަކު ޖިނާއީ ކުށެއް ކޮށްގެން 12 މަހަށް ވުރެ ގިނަ ދުވަހުގެ ޖަލު ހުކުމެއް އައިސްފައިވާ މީހެއް ނަމަ އެމީހަކަށް ކައުންސިލް އިންތިހާބުގައި ހުކުމް ތަންފީޒުކޮށް ނިމޭތާ ތިން އަހަރު ފަހުން ވާދަ ކުރެ ވެ އެވެ. އަދި މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެގެން ހުކުމެއް ކޮށްފައިވާ މީހެއް ނަމަ ހުކުމް ތަންފީޒުކޮށް ނިމޭތާ ނުވަތަ މައާފު ލިބޭތާ ހަތް އަހަރު ފަހުން ކައުންސިލް އިންތިހާބުގައި ވާދަ ކުރެވެ އެވެ.

އިސްލާހު މަޖިލީހަށް ހުށަހެޅި އިރު ބުނެފައިވަނީ ހައްދު ކަނޑައެޅޭ ކުށެއް ކޮށްފައިވާނަމަ ހުކުމް ތަންފީޒުކޮށް ނިމޭތާ ދެ އަހަރު ފަހުން އިންތިހާބުގައި ވާދަ ކުރެވޭނެ ކަމަށެވެ.

ކައުންސިލް އިންތިހާބަށް ކުރިމަތިލާ މީހުންގެ ހުންނަން ޖެހޭ އިތުރު ޝަރުތުތަކަކީ ދިވެހި ރައްޔިތަކަށްވުން، ބޭރު ގައުމެއްގެ ރައްޔިތަކަށް ނުވުން، ބޭރު ގައުމުގެ ރައްޔިތަކު ދިވެހި ރައްޔިތަކަށްވެފައިވާނަމަ، އެ މީހަކު ދިވެހި ރައްޔިތަކަށްވުމަށްފަހު، ފަސް އަހަރު ފާއިތުވުން، މުސްލިމަކު ކަމުގައިވުމާއި ސުންނަތް ޖަމާއަތުގެ މީހެއް ކަމުގައިވުން، އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައިވުން، ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން، އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮތްނަމަ، ހުކުމާ އެއްގޮތަށް ދަރަނި އަދާކުރާ މީހެއް ކަމުގައިވުމެވެ.

މީގެ އިތުރުން ބޮޑެެތި ޖިނާއީ ކުށްތައް ސާބިތުވެފައިވާ މީހުންނަށް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ގާނޫނުގައި ބުނެފައިވާ 28 ވަނަ މާއްދާ އާއި 44 ވަނަ މާއްދާ، މިއަދު ހުށަހެޅި އިސްލާހުގައި ވަނީ އުނިކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް