ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައިސް ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ވަކިކޮށްފި އެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލިސް ރައީސް އަބްދުﷲ މަސީހް ވަނީ މޫސަ އެމްޑީޕީ އިން ވަކިކޮށްފައިވާކަން އިލެކްޝަނުން އަންގާފައިވާތީ މޫސަ އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުން ވަކިކޮށްފައިވާކަން އިއުލާންކޮށްފަ އެވެ.
މިއަދުން ފެށިގެން ރީކޯ މޫސަ އަކީ މިނިވަން މެންބަރެކެވެ. އޭނާ ޕާޓީން ވަކި ކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކި ކުރި މައްސަލައިގަ މަޖިލީހުގައި އެމްޑީޕީގެ ވިޕްލައިނާ ހިލާފަށް ސަރުކާރުން ބޭނުންވި ގޮތަށް ވޯޓު ދެއްވުމުންނެވެ.
މަޖިލީހުގައި މިހާރު ތިއްބެވީ 21 އެމްޑިޕީގެ މެންބަރުންނެވެ.
ޕާޓީތެރޭގައި ހިޔާލު ތަފާތުވެ މައްސަލަ ޖެހުނު ފަހުންވެސް މޫސަ ވަނީ އެ ޕާޓީގެ 2018 ގެ ރިޔަސީ ކެންޑިޑޭޓަކީ އޭނާ ކަމަށް ވިދާޅުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް