އަހަރެން ބޭރަށް ދިއުމުން ދަރިފުޅު ބަލަނީ ސައިފު: ކަރީނާ

ވިހޭތާ  މާ ގިނަ ދުވަސް ނުކޮށް މަސައްކަތަށް ނިކުމެފައިވާ ބޮލީވުޑްގެ ކާމިޔާބު ތަރި ކަރީނާ ކަޕޫރު މަސައްކަތަށް ދިއުމުން ދެ މީހުންގެ ދަރިފުޅު ބަލަނީ ފިރިމީހާ ސައިފަ އަލީ ހާން ކަމަށް އޭނާ ބުނެފި އެވެ. އެ ދ...

08 Feb 2017 | 02:54

ވިހޭތާ  މާ ގިނަ ދުވަސް ނުކޮށް މަސައްކަތަށް ނިކުމެފައިވާ ބޮލީވުޑްގެ ކާމިޔާބު ތަރި ކަރީނާ ކަޕޫރު މަސައްކަތަށް ދިއުމުން ދެ މީހުންގެ ދަރިފުޅު ބަލަނީ ފިރިމީހާ ސައިފަ އަލީ ހާން ކަމަށް އޭނާ ބުނެފި އެވެ.

އެ ދެމީހުންގެ ދަރިފުޅު ތައިމޫރު އަލީ ހާން ލިބިފައިވަނީ މިދިޔަ ޑިސެމްބަރު 20 ގައި އެވެ.

މުމްބާއީގައި ބޭއްވި ލެކްމޭ ފެޝަން ވީކްގައި ބައިެރިވުަމަށް ފަހު އެތަނުގައި މީޑިއާ އާއި ވާހަކަދައްކަމުން ކަރީނާ ބުނެފައިވަނީ ކޮންމެ ފިރިހެނަކުވެސް ވާންވީ ސައިފު ކަހަލަ ފިރިއަކަށް ކަމަށެވެ. ކަރީނާ އެގަޑީގައި ވާހަކަދައްކަމުން ދާއިރު ސައިފު ދަނީ ތައިމޫރު ބަލަމުން ކަމަށާއި، ކޮންމެ ފިރިއަކުވެސް އަނބިމީހާއަށް އެއްބާރުލުން ދޭން ޖެހޭނެ ކަމަށެވެ.

އޭނާ ބުނީ ތައިމޫރު ބަލަނީ ދެމީހުން ބަހައިގެން ކަމަށެވެ. އެގޮތުން ސައިފު ބޭރަށްދާ ގަޑީގައި ކަރީނާ ބޭރަށް ނުގޮސް ދަރިފުޅު ކައިރީގައި މަޑު ކުރާ ކަމަށެވެ. އަދި ހަމައެގޮތަށްވެސް ސައިފުވެސް ކަންތައް ކުރާ ކަމަށެވެ.

ތައިމޫރު ލިބުނު ފަހުން ދެމީހުން އެކުގައި ވަރަށް މަދުން ނޫނީ ބޭރުން ނުފެނެ އެވެ. އެކަމަކު ވިހެއުމުން ފަލަވެފައި ހުރި ކަރީނާގެ ހަށިގަނޑަށާއި އިސްތަށިގަނޑަށް ވަނީ ބޮޑު ބަދަލެއް ގެނެސްފައި އެވެ.

ސައިފް އާއި ކަރީނާ ކައިވެނި ކުރީ 2012 އޮކްޓޯބަރު 16، ގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް