އަފްގާނިސްތާނުގެ ސްޕްރީމް ކޯޓަށް އަމާޒުކޮށް ދިން ހަމަލާއެއްގައި 20 މީހަކު މަރުވެއްޖެ

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ އެ ގައުމުގެ ސުޕްރީމް ކޯޓަށަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއެއްގައި 20 މީހަކު މަރުވެ އެތައް ބަޔަކު ޒަހަމް ވެއްޖެ އެވެ. އިއްޔެގެ މި ހާދިސާއާއި ބެހޭގޮތުން އެގ...

08 Feb 2017 | 01:47

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ އެ ގައުމުގެ ސުޕްރީމް ކޯޓަށަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއެއްގައި 20 މީހަކު މަރުވެ އެތައް ބަޔަކު ޒަހަމް ވެއްޖެ އެވެ.

އިއްޔެގެ މި ހާދިސާއާއި ބެހޭގޮތުން އެގައުމުގެ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތުން ބުނެފައިވަނީ އެ ހަމަލާގައި މަރުވި މީހުންގެ އަދަދު 20 އަށް އަރާފައިވާއިރު ޒަހަމްވި މީހުންގެ އަދަދު 38 އަށް އަރާފައިވާކަމަށެވެ. އަދި ޒަހަމްވި މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެ އެވެ. އެގައުމުގެ ފުލުހުން މި ހަމަލާގެ ތަހުގީގު މިހާރު ވަނީ ފަށާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް