ޕާކިސްތާނަށް ބާރުގަދަ ބިން ހެލުމެއް އަތުވެއްޖެ

ޕާކިސްތާނަށް 6.3 މެގްނެޓިއުޑްގެ ބާރު މިނުގައި ބާރުގަދަ ބިން ހެލުމެއްަ އަތުވެއްޖެ އެވެ. ޑިޕާޓްމެންޓް އޮފް މީޓޮރޮލިކަލް ސާވިސް (މެޓް) އިން ބުނީ މި ބިންހެލުން އައިސްފައިވަނީ ރާއްޖެއާއި 23000 ކިލޯމީޓަރު ދ...

08 Feb 2017 | 01:10

ޕާކިސްތާނަށް 6.3 މެގްނެޓިއުޑްގެ ބާރު މިނުގައި ބާރުގަދަ ބިން ހެލުމެއްަ އަތުވެއްޖެ އެވެ.

ޑިޕާޓްމެންޓް އޮފް މީޓޮރޮލިކަލް ސާވިސް (މެޓް) އިން ބުނީ މި ބިންހެލުން އައިސްފައިވަނީ ރާއްޖެއާއި 23000 ކިލޯމީޓަރު ދުރުން އުތުރު އުތުރު ހުޅަނގަށް ކަމަށެވެ. މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އަސަރު ނުކުރާނެ ކަމަށް މެޓް އޮފީހުން ހާމައެއް ނުކުރެ އެވެ. އެކަމަކު މިހާތަނަށް އެފަދަ ރިޕޯޓެއް ލިބިފައި ނުވާކަމަށް އެ އޮފީހުން ހާމަ ކުރެ އެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ހާމަކުރާގޮތުގައި ރޭ ފަތިހު ރާއްޖޭ ގަޑިން 3:03 ގައި އައި މި ބިންހެލުން އައިސްފައިވަނީ ޕާކިސްތާނުގެ ބަލޮޗިސްތާންގެ ޕަންސީ ސިޓީގެ ހުޅަނގު ދެކުނު ހުޅަނގުން 20 ކިލޯމީޓާރު ދުރަށެވެ. މޫދާ ކައިރި އެ ސިޓީއަށް ބިންހެލުން އަންނަން ފެށުމުން މީހުންތައް ގޭގެއިން ނުކުތް ކަމަށް މައުލޫމާތު ލިބެ އެވެ

މި ބިންހެލުމުގައި މިހާތަނަށް އެއްވެސް މީހަކަށް ގެއްލުންވެގެން ރިޕޯޓުކޮށްފައި ނުވާކަމަށް މައުލޫމާތު ލިބެ އެވެ. އަދި މި ބިންހެލުމުގެ ސަބަބުން ސުނާމީގެ އިންޒާރު ދީފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް