ސީރިއާގައި ކުރަމުންދާ ހަނގުރާމައިގަ ބައިވެރިވާން ދިޔަ ދިވެއްސަކު ހައްޔަރު ކޮށްގެން މާލެ ގެނެސްފި އެވެ
ފުލުހުން ބުނީ އެމީހާ ހައްޔަރު ކުރީ ތުރުކީ މަގުން ސީރިއާއަށް އެތެރެވާން އުޅެނިކޮށް އެ ގައުމުގެ ސިފައިން ކަމަށެވެ. އެކަމަކު ހައްޔަރު ކުރީ ކޮން ދުވަހަކު ކަމެއް ހާމައެއް ނުކުރެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކޮށްގެން މާލެ ގެނައުމަށް ފަހު ފުލުހުން ވަނީ އޭނާ މާލޭގައި ދިރިއުޅޭ ގެ ބަލައި ފާސްކޮށްފައި އެވެ. ފުލުހުން ބުނީ މިފަދަ މައްސަލަތައް ހައްލު ކުރުމަށްޓަކައި ބައިނަލް އަގުވާމީ ފަރާތްތަކާއި އެ ކުރަމުންދާ މަސައްކަތް ދަނީ ފުޅާ ކުރަމުން ކަމަށެވެ.
އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މިދިޔަ ހަފްތާގައިވެސް ވަނީ ބޭރު ގައުމުތަކުގައި ކުރަމުންދާ ހަނގުރާމައިގަ ބައިވެރިވާން ދިޔަ ކަމުގެ ކުށުގެ ދައުވާ މީހެއްގެ މައްޗަށް ދައުލަތުން އުފުލާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް