ދެމީހެއްގެ ގަޔަށް ވަޅި ހަރައި ޒަހަމް ކޮށްލައިފި

މާލޭގައި މިރޭ ހިންގި މާރާމާރީއެއްގައި ދެމީހެއްގެ ގަޔަށް ވަޅި ހަރައި ޒަހަމް ކޮށްލައިފި އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާރާމާރީއެއްގައި ޒަހަމްވި ދެމީހަކަށް ފަރު...

08 Feb 2015 | 16:16

މާލޭގައި މިރޭ ހިންގި މާރާމާރީއެއްގައި ދެމީހެއްގެ ގަޔަށް ވަޅި ހަރައި ޒަހަމް ކޮށްލައިފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާރާމާރީއެއްގައި ޒަހަމްވި ދެމީހަކަށް ފަރުވާ ދިނުމަށް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށާއި އެކަން ހިނގީ މިރޭ 8:30 ހާއިރު ކަމަށެވެ.

ފުލުހުން އިތުރަށްބުނީ މި ހަމަލާގައި ޒަހަމްވީ އުމުރުން 19 އަހަރުގެ ޒުވާނަކާއި 21 އަހަރުގެ ޒުވާނެއް ކަމަށެވެ. އަދި މި ދެމީހުންގެ ހާލުވެސް ސީރިއަސް ނޫން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް