އަނބިމީހާއަށް އަނިޔާކުރަމުންދިޔަ މީހަކު ހައްޔަރުކޮށްފި

އަނބިމީހާއަށް އަނިޔާކުރަމުން ދިޔަ ކަމުގެ ތުހުމަތުގައި ދޮށީ އުމުރުގެ މީހަކު ހައްޔަރު ކޮށްފިއެވެ. ފުލުހުން ބުނީ އެކި ދުވަސް މަތިން 45 އަހަރުގެ އަނބިމީހާއަށް އަނިޔާ ކުރަމުންދިޔަ މައްސަލައިގެ ތުޙުމަތުގައި...

08 Feb 2015 | 07:28

އަނބިމީހާއަށް އަނިޔާކުރަމުން ދިޔަ ކަމުގެ ތުހުމަތުގައި ދޮށީ އުމުރުގެ މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ އެކި ދުވަސް މަތިން 45 އަހަރުގެ އަނބިމީހާއަށް އަނިޔާ ކުރަމުންދިޔަ މައްސަލައިގެ ތުޙުމަތުގައި ހައްޔަރު ކޮށްފައި ވަނީ 45 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ކޯޓް އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކޮށްފައި ވަނީ މި ފެބްރުއަރީ މަހުގެ 06 ވަނަ ދުވަހު ހަވީރު 17:30 ހާއިރު އއ.ތޮއްޑޫ އިން ކަމަށާއި މި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އއ.މާޅޮސް މެޖިސްޓްރޭޓް ކޯޓަށް ޙާޟިރު ކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް ފަސް ދުވަހުގެ މުއްދަތެއް ދީފައި ވާކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް