ނާޒިމް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ގެއިން ހަތިޔާރު ފެނުނު މައްސަލާގައި އޭނާ ރޭ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ "ނާޒިމް ހާޒިރުކުރީ ބަލަމުންދާ މަ...

08 Feb 2015 | 05:10

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ގެއިން ހަތިޔާރު ފެނުނު މައްސަލާގައި އޭނާ ރޭ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ "ނާޒިމް ހާޒިރުކުރީ ބަލަމުންދާ މައްސަލައެއްގައި ބަޔާން ނަަގަން" ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ނާޒިމް ފުލުހުންގެ އިދާރާއަށް ހާޒިރު ކުރި މައްސަލައިގައި އޭނާވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ނާޒިމު ދިރިއުޅުއްވާ އެޕާޓްމެންޓް ފާސްކުރި އިރު ފެނިފައިވަނީ ނުވައެއް އެމްއެމްގެ ފިސްތޯލައަކާއި މެގަޒިނަކާއި ތިން ވަޒަންގެ އިތުރުން އިމްޕްރޮވައިޒްޑް އެކްޕްލޯސިވް ޑިވައިސް (އައިއީޑީއެއް) ކަމަށް ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު ވަނީ ވިދާޅުވެފަ އެވެ.

ނާޒިމް ގެއިން ހަތިޔާރު ފެނުނު މައްސަލައިގަ އޭނާ ފުލުހުންގެ ހައްޔަރުގައި ނުބަހައްޓާތީ އަމިއްލަ ފަރާތަކުން ވަނީ ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް އެ މައްސަލަ ހުށަހަޅާފައި އެވެ.

އެއީ ނާޒިމާއި އޭނާގެ އާއިލާއާ ގުޅުން ހުރި ތަކެއްޗެއް ނޫން ކަމަށާއި އެ ތަކެތި އެ ތަނުގައި ހުރީ ނާޒިމަށާއި އޭނާގެ އާއިލާ އަށް ވެސް އެނގުމެއް ނެތި ކަމަށް އޭނާގެ ގާނޫނީ ވަކީލް މައުމޫން ހަމީދު ވަނީ ވިދާޅުވެފަ އެވެ.

މި މައްސަލާގައި ނާޒިމް ޑިފެންސް މިނިސްޓަރުކަމުން ވަކިކޮށް، އޭނާ އާއި އޭނާގެ އަންހެނުންގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް