ހާލުގައި ޖެހުނު އުމްރާވެރިން ރާއްޖެ ގެނައުމުގެ މަސައްކަތް ހައްޖު ކޯޕަރޭޝަނުން ފަށައިފި

އުމްރާ ގްރޫޕަކުން އުމްރާއަށް ގެންގޮސް ހާލުގައި ޖެއްސި ދިވެހި އުމްރާވެރިން ރާއްޖެ ގެނައުމުގެ މަސައްކަތް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ފަށައިފިއެވެ. އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލ...

08 Jan 2025 | 16:37

އުމްރާ ގްރޫޕަކުން އުމްރާއަށް ގެންގޮސް ހާލުގައި ޖެއްސި ދިވެހި އުމްރާވެރިން ރާއްޖެ ގެނައުމުގެ މަސައްކަތް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ފަށައިފިއެވެ.

އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ހިޖްރަ ނަމަކަށް ކިޔާ ޖަމާއަތެއްގެ ހަވާލުގައި އުމްރާގެ އަޅުކަމަށް މައްކާއަށް ދިޔަ ދިވެހިންތަކެއް ހާލުގައި ޖެހިފައިވާތީ އެމީހުން އަނބުރާ ރާއްޖެއަށް ގެނައުމަށް ކުރަންޖެހޭ ކަންކަމުގެ އިންތިޒާމު ހަމަޖެއްސުމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިރުޝާދުގެ ދަށުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ކުރަމުން އަންނަ ކަމަށެވެ.

ތާށިވެފައިވަނީ އަލްހިޖްރަ ޓްރެވަލްސް އެންޑް ޓުއާރސްގެ ހަވާލުގައި އުމްރާއަށް ދިޔަ 24 އުމްރާވެރިންނެވެ.

މިކަމާއި ގުޅޭގޮތުން އެ އުމްރާ ގްރޫޕުން މިރޭ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނިން ޑިސެމްބަރު 2024 އިން ފެށިގެން މިހާރު ކުރަމުންދާ އުމްރާގެ ދަތުރުގައި އުމްރާގެ އަޅުކަން ނިމިފައިވީނަމަވެސް ކުންފުންޏަށް ދިމާވެފައިވާ މާލީ ދަތިތަކާހުރެ 24 އުމްރާވެރިން ރާއްޖެ ގެނައުމަށްވަނީ ދަތިވެފައިކަމަށެވެ.

އުމްރާވެރިން ގެނައުމަށް ކުންފުނިން މިވަގުތުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެހެންނަމަވެސް އަދި ކުރިމަގެއް ފެނިފައިނުވާކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް