މި އަހަރުވެސް އުމްރާއަށްދިޔަ ދިވެހިންތަކަކަށް ނާދެވި ތާށިވެއްޖެއެވެ.
ތާށިވެފައިވަނީ އަލްހިޖްރަ ޓްރެވަލްސް އެންޑް ޓުއާރސްގެ ހަވާލުގައި އުމްރާއަށް ދިޔަ 24 އުމްރާވެރިންނެވެ.
މިކަމާއި ގުޅޭގޮތުން އެ އުމްރާ ގްރޫޕުން މިރޭ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނިން ޑިސެމްބަރު 2024 އިން ފެށިގެން މިހާރު ކުރަމުންދާ އުމްރާގެ ދަތުރުގައި އުމްރާގެ އަޅުކަން ނިމިފައިވީނަމަވެސް ކުންފުންޏަށް ދިމާވެފައިވާ މާލީ ދަތިތަކާހުރެ 24 އުމްރާވެރިން ރާއްޖެ ގެނައުމަށްވަނީ ދަތިވެފައިކަމަށެވެ.
އުމްރާވެރިން ގެނައުމަށް ކުންފުނިން މިވަގުތުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެހެންނަމަވެސް އަދި ކުރިމަގެއް ފެނިފައިނުވާކަމަށްވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް