ޣައްސާނަށް އިންޑިއާއިން ރަތް ދޫލައިގެ މަރުޙަބާއެއް

ދިވެހިރާއްޖޭގެ ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މަޢުމޫން އަވަށްޓެރި އިންޑިއާއަށް ވަޑައިގެންނެވުމުން އެ ޤައުމުން ޣައްސާނަށް ރަތް ދޫލައިގެ މަރްޙަބާއެއް ކިޔައިފިއެވެ. ޣައްސާނަށް މަރުހަބާ ކިޔުމަށް އެ ޤައ...

08 Jan 2025 | 09:41

ދިވެހިރާއްޖޭގެ ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މަޢުމޫން އަވަށްޓެރި އިންޑިއާއަށް ވަޑައިގެންނެވުމުން އެ ޤައުމުން ޣައްސާނަށް ރަތް ދޫލައިގެ މަރްޙަބާއެއް ކިޔައިފިއެވެ.

ޣައްސާނަށް މަރުހަބާ ކިޔުމަށް އެ ޤައުމުން ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައިވަނީ އިންޑިއާގެ ނިއުދިއްލީގެ މަނެކްޝޯ ސެންޓަރުގައެވެ.

އެ ސެންޓަރުން ޣައްސާނަށް މަރުޙަބާ ދެންނެވީ އިންޑިއާގެ ދިފާޢީ ވަޒީރު ރާޖްނާތު ސިންގެވެ.

ޣައްސާން މިއަދު އިންޑިއާއަށް ފެއްޓެވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވާނީ ހޮނިހިރު ދުވަހުގައެވެ. މި ދަތުރުފުޅުގައި ރާއްޖެއާއި އިންޑިއާއާއި ދެމެދު ދިފާޢީ ގުޅުން އިތުރަށް ބަދަހިކުރުމާއިމެދު މަޝްވަރާތައް ކުރިއަށްގެންދާނެއެވެ.

ޣައްސާންގެ މި ދަތުރުފުޅަކީ ދިފާޢީ ވަޒީރުގެ ހައިސިއްޔަތުން އިންޑިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް