ބާބު ހަތެއް- ރަހުމަތްތެރިން
އެއްދުވަހަކުން އަހަރެންގެ މި ރުޅި އަހަރެން ރަގަނޅު އަދަވަޅަކަށް ވައްޓާލެކަން ޔަގީނެވެ. އަހަންނަށް ހިތާ ހިތުން ބުނެލެވުނެވެ.
"ކަމެއް ގޯސްވީތަ؟ ހާދަ ފާޑަކަށް... ޒާރާ ކީއްވެ އެދިޔައީ... ޒާރާ ރޮނީތަ އެ؟" އަހަންނަށް ވިޝާމްގެ ސުވާލުތަކަށް ޖަވާބު ދޭނެ ގޮތެއް ވެސް ނޭގުނެވެ.
"ނޫން.. ކަމެއް ނުވޭ... ޒާރާ އަތުން އަހަރެން ބޫޓު ހަޑިވީމަ އެހީވާން އައީ... ވިޝާމް އައީމަ ލަދުން ކަންނޭގެ އެދިޔައީ"
އަހަރެން ބުނީމެވެ.
"އަހަރެން... އަހަރެން އައީމަ ކީއްވެ ޒާރާ ލަދު ގަންނަން ވީ؟" ވިޝާމް ދިޔައީ ސުވާލަކަށް ފަހު ސުވާލެއް ކުރަމުންނެވެ.
"ހެއްހޭ.. ވެދާނުން ތީ ޒާރާގެ ކްރަޝްކަމަށް" އަހަރެން ވިޝާމްގެ ކޮނޑުގައި ޖަހާލަމުން ބުނީމެވެ.
ރޭގަނޑުގެ ކެއުމަށް ފަހު ކިލާސްތައް ފެށިގެން އައެވެެ. އަހަރެމެން ދެ ކިލާސްވެސް މި ސެޝަންތަކުގައި ކިޔަވަމުން އައީ އެއް ކްލާސްރޫމެއްގެ ތެރޭއެވެ. އަހަަރެން ކުލާސްރޫމު ތެރެއަށް ނަޒަރު ހިންގާލީ ޒާރާ ފެނޭތޯއެވެ. އެހެން ނަމަވެސް ކުލާހަކު ޒާރާއެއް ނެތެވެ.
ފާޑަކަށް ހިތް ބިރުގަތެވެ. އަނެއްކާ ޒާރާ ކުލާހަށް އެ ނާންނަނީ އަހަންނާ ހުރެ ބާއެވެ. އަންހެން ކުދިންނަކީ ވަރަށް ހިތްބަލި ބައެއްް ކަމަށް މީހުން ބުނޭ ވިއްޔާއެވެ. އިރުގަނޑެއްގައި ޒާރާގެ އިންތިޒާރުގައި އިންދާ ޒާރާ އައިސް ކުލާސް ރޫމުތެރެއަށް ވަނެވެ. އެންމެ ފުރަތަމަ ވެސް ޒާރާގެ ނަޒަރު ހުއްޓުނީ ހަމަ ސީދާ އަހަންނާ ދިމާއަށެވެ. ޒާރާ އެއަައީ ރޮއެފަކަން ޒާރާގެ ލޮލުން އަހަންނަށް ޔަގީން ވިއެވެ. ޒާރާ އިނީ އަހަންނަށް ވުރެން މާ ކުރީގައެވެ.
އެހެން ނަމަވެސް އަހަރެން ޒާރާއާއި ވާހަކަ ދައްކާލަން ބޭނުންވިއެވެ.
އަހަރެން ދަބަސް ހާވާލާފައި ޒާރާގެ ޅެން ފޮތް ނެގީމެވެ. "ސޮރީ... ލެޓްސް ބީ ފްރެންޑްސް؟" އަހަރެން އެ ފޮތުުގެ އެންމެ ފުރަތަމަ ސަފުހާގައި ލިޔެލުމަށް ފަހު އެކި ކުދިންލައްވާ އެ ފޮތް ޒާރާއާއި ހަމައަށް ފޯރުކޮށްދިނީމެވެ.
ފޮތް ފެނުމާއި އެކު ޒާރާއަށް ހީވީ ބޮޑު ސިހުމެއް ލިބުނު ހެނެވެ. ފޮތް ހުޅުވާލުމަށް ފަހު ޒާރާގެ މޫނުމަތިން ހިނިތުން ވުމެއް އަހަންނަށް ފެނުނެވެ. އަހަރެންގެ ހިތަށް އެވަގުތު ކުޑަ ތަސައްލީއެއް ލިބުނެވެ.
އެއީ އަހަންނަށް ޒާރާގެ މޫނަށް ނަފްރަތުގެ ނަޒަރަކުން ނޫން ގޮތަކަށް ބަލާލެވުނު ފުރަތަމަ ފަހަރެވެ.
ބުނެއުޅެއެވެ. އެމީހަކު ނަފްރަތު ކުރާ މީހެއްގެ ގައިގައި ހުންނަ އެއްވެސް ރަގަނޅު ސިފައެއް ނުފެންނާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް