ބަންގްލަދޭޝްގެ ބޮޑުވަޒީރު އަލުން އިންތުހާބުވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވެއްޖެ

ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމަށް ޝައިހް ހަސީނާ އަލުން އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ...

08 Jan 2024 | 17:10

ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމަށް ޝައިހް ހަސީނާ އަލުން އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާއަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާ ވިދާޅުވެ، ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދުގައި އޮތް ޒަމާންވީ ގާތް އަވަށްޓެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

ބޮޑުވަޒީރު ޝައިޚް ހަސީނާގެ ޒަޢާމަތުގައި ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އުފެދިފައި އޮތް ގުޅުން އިތުރަށް ބަދަހިވެ، ދެޤައުމަށްވެސް ފައިދާކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް