އައިއެފްއެފްއެޗްއެސް އިން ހޮވި ދުނިޔޭގެ އެންމެ މޮޅު ކޯޗުގެ އެވޯޑް ސްކަލޯނީ އަށް

އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ފުޓްބޯލް ހިސްޓްރީ އެންޑް ސްޓޭޓިސްޓިކް (އައިއެފްއެފްއެޗްއެސް) އިން ހޮވި ދުނިޔޭގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކޯޗުގެ އެވޯޑް އާޖެންޓީނާ އަށް އެންމެ ފަހުން ގަތަރުގައި ބޭއް...

08 Jan 2023 | 18:29

އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ފުޓްބޯލް ހިސްޓްރީ އެންޑް ސްޓޭޓިސްޓިކް (އައިއެފްއެފްއެޗްއެސް) އިން ހޮވި ދުނިޔޭގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކޯޗުގެ އެވޯޑް އާޖެންޓީނާ އަށް އެންމެ ފަހުން ގަތަރުގައި ބޭއްވި ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން ކޯޗު ލިއޮނެލް ސްކަލޯނީއަށް ލިބިއްޖެއެވެ.

ނިމިގެން ދިޔަ 2022 ވަނަ އަހަރުގެ ދުނިޔޭގެ އެންމެ މޮޅު ކޯޗު ހޮވުމަށް އައިއެފްއެފްއެޗްއެސް އިން ނެގި ވޯޓުގެ ނަތީޖާ ދެއްކި ގޮތުން އެންމެ ގިނަ ވޯޓް ލިބިގެން ޕޮއިންޓުގެ އަދަދު އެންމެ މަތިން ލިބުނީ ސްކަލޯނީއަށެވެ.

މި އެވޯޑް ސްކެލޯނީ ހޯދީ އޭނާއާއި އެންމެ ގާތުން ވާދަކުރި، ފްރާންސް ގެ ކޯޗު ޑިޑިއެ ޑިޝޯމްޕް އަދި މޮރޮކޯގެ ކޯޗު ވަލީދް ރެގްރާގީ އާއި ވާދަކޮށެވެ.

އެންމެ ފަހުން ގަތަރުގައި ބޭއްވުނު ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި އާޖެންޓީނާއަށް ކާމިޔާބު ކޮށްދިން ސްކެލޯނީ އަށް 240 ޕޮއިންޓި ލިބުނުއިރު، ދެވަނައަށް ދިޔަ ޑިޝޯމްޕް އަށް ލިބުނީ 45 ޕޮއިންޓެވެ. އަދި ތިންވަނައަށް ދިޔަ ރެގްރާގީއަށް ލިބުނީ 30 ޕޮއިންޓެވެ.

މީގެ އިތުރުން ހަތަރުވަނައަށް ދިޔަ ކްރޮއޭޝިއާގެ ކޯޗު ޑަލިޗް އަށް 20 ޕޮއިންޓް ލިބުނުއިރު، ފަސް ވަނަ ލިބުނު ޖަޕާނުގެ ކޯޗު ހަޖިމޭ މޮރިޔަސޫއަށް ލިބުނީ 15 ޕޮއިންޓެވެ.

އައިއެފްއެފްއެޗްއެސް އީން ހޮވި 2022 ވަނަ އަހަރުގެ އެންމެ މޮޅު ކޯޗުގެ އެވޯޑް ސްކެލޯނީ އަށް ލިބުނުއިރު، މިއީ މި އެވޯޑް އާޖެންޓީނާއަށް ނިސްބަތްވާ ކޯޗަކަށް ލިބުނު ހަތަރުވަނަ ފަހަރެވެ. މީގެ ކުރިން މި އެވޯޑް ހޯދާފައިވަނީ ކާލޯސް ބިއަންޗީ އާއި ޑިއެގީ ސިމިއޯނީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް