ރައީސްގެ ކެމްޕެއިނުގައި ހަރަކާތްތެރިވުމަށް ބްރޯޑްކޮމްގެ ނައީބް ރައީސްކަމުން ގައިސް އިސްތިއުފާ ދެއްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ހަރަކާތްތެރިވުމަށް ބްރާޑްކާސްޓީން ކޮމިޝަން(ބްރޯޑްކޮމް)ގެ ނައީބް ރައީސްކަމުން ކަމުން އަހްމަދު ގައިސް އިސްތިއުފާ ދެއްވައިފި އެވެ....

08 Jan 2023 | 17:36

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ހަރަކާތްތެރިވުމަށް ބްރާޑްކާސްޓީން ކޮމިޝަން(ބްރޯޑްކޮމް)ގެ ނައީބް ރައީސްކަމުން ކަމުން އަހްމަދު ގައިސް އިސްތިއުފާ ދެއްވައިފި އެވެ.

މިކަމާއި ގުޅިގެން ގައިސްކުރެއްވި ޓުވީޓުގައިވަނީ ބްރޯޑްކާސްޓިން ކޮމިޝަނުން އޭނާ އިސްތިއުފާދިނީ ރައީސް ސޯލިހުގެ ކެމްޕެއިންގައި ހަރަކާތްތެރިވުމަށެވެ.

އަދި އެކަން އޭނާ ސިފަކުރައްވާފައިވަނީ ޤައުމަށްޓާކައި ކޮށްދޭ އެހެން މުހިއްމުކަމެއްގެ ގޮތުގައެވެ.

"މުހިންމު އެހެން ގައުމީ މަސައްކަތެއް ކުރާން މިއަދު މި ނުކުތީ. އިރާދަކުރެއްވިއްޔާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޮޑުތަނުން ރައީސް އިބޫ ކާމިޔާބު ކުރައްވާނެ،"

ބްރޯޑްކޮމަށް އައްޔަންވުމުގެ ކުރިންވެސް އަހްމަދު ގައިސްއަކީ އެމްޑީޕީގެ ހަރަކާތްތަކާއި އެޕާޓީގެ އިންތިހާބީ މަގާމުތައް ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން އެމްޑީޕީގެ ފަރާތުން 2019 ވަނަ އަހަރު ގދ. އަތޮޅުގެ ކައުންސިލަރުކަމުގެ އިތުރުން ތިނަދޫ އެމްޑީޕީ ގޮފީގެ ރައީސްކަން ފުރުއްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް