އައްޑޫ ސިޓީގައި ނިރުބަވެރި ހަމަލާއެއް ދޭނެކަމުގެ އިންޒާރެއް !

އައްޑޫ ސިޓީގައި ނިރުބަވެރި ހަމަލާއެއް ދޭނެކަމުގެ އިންޒާރެއް ބަޔަކު ދީފިއެވެ. މިފަދަ އިންޒާރެއް ދީފައިވަނީ އައްޑޫ ސިޓީ މަރަދޫ ފޭދޫ ޔޫތު ސެންޓަރު ބޭރުގައި ޖަހާފައިހުރި ލިޔިމެއްގައެވެ. އެ ލިޔުމުގައި ބުނެ...

08 Jan 2023 | 15:33

އައްޑޫ ސިޓީގައި ނިރުބަވެރި ހަމަލާއެއް ދޭނެކަމުގެ އިންޒާރެއް ބަޔަކު ދީފިއެވެ.

މިފަދަ އިންޒާރެއް ދީފައިވަނީ އައްޑޫ ސިޓީ މަރަދޫ ފޭދޫ ޔޫތު ސެންޓަރު ބޭރުގައި ޖަހާފައިހުރި ލިޔިމެއްގައެވެ.

އެ ލިޔުމުގައި ބުނެފައިވަނީ އައްޑޫ ސިއްސުވާލާނެކަމަށާއި ލޭ އޮހޮރުވުމަކަށް ނުގޮސް އަމާންދިނުމަށް ގޮވާލާ ކަމަށެވެ.

"އަޚުންތައް ދޫކޮށްލާ ! މީ އެންމެފަހުގެ އިންޒާރު" އައިއެސްގެ ރަމްޒާއެކު ތައްޔާރުކޮށްފައިވާ އެ ނޯޓުގައި ބުނެފައިވެއެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ މިކަން ސަމާލުކަމަށް އައިސްފައިވާކަމަށާއި ތަހުގީގު ކުރަމުން އަންނަކަމަށެވެ.

އައްޑޫ ސިޓީގައި މިފަދަ އިންޒާރެއް ދީފައިވާއިރު ނިރުބަވެރި ހަމަލާއެއް ރާވަމުންދިޔަކަމުގެ ތުހުމަތުގައި އައްޑޫ ސިޓީއާއި މާލެއާއި ކ. ގުރައިދޫން ބަޔަކު ހައްޔަރުކޮށްފައިވެއެވެ. އެ އެންމެންވެސް ނިސްބަތްވަނީ އައްޑޫ ސިޓީއަށެވެ. އަދި އެމީހުން ރާވަމުންދިޔައީ ގިނަ ބައެއްގެ ފުރާނައަށް ނުރައްކާވާވަރުގެ ހަމަލާއެއް ދިނުމަށް ކަމުގައި ފުލުހުން ކުރިން ބުނެފައިވެއެވެ.

ބެލެވޭގޮތުގައި މި އިންޒާރަކީ އެ ފަހަރު ހައްޔަރުކުރި މީހުން ދޫކޮށްލުމަށް ގޮވާލާފައިވާ ލިޔުމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް