ޝާހްރުކް ހާންގެ ދަރިފުޅު އާރްޔަން ހާންގެ "އަސްލު" ލޯބިވެރިޔަކީ ޕާކިސްތާނުގެ އެކްޓްރެސް ސާދިއާ ހާން ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
އެކަމަކު އެ ރިޕޯޓުތަކުގައި ވާގޮތުން އެކަން ޔަގީނެއް ނުކުރެވެ އެވެ. އާރްޔަން އާއި ސާދިޔާ ރައްޓެހިވެގެން އުޅޭކަމަށް ބުނީ ބޮލީވުޑްގައި ބޭކާރު އަނގަތަޅާ ކަމާލް އާރު ހާން އެވެ. އޭނަ ދައްކާ ވާހަކަ އަކީ މީހުން ގަބޫލު ކުރާ ވާހަކަތަކަކަށް ނުވި ނަމަވެސް މި ވާހަކައިގަ ކޮންމެސް ހަގީގަތެއް އެކުލެވޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ގިނަ ބަޔަކު ކަމާލު ސިފަ ކުރަނީ މީހުންގެ ސަމާލުކަން ހޯދަން ހުސް އަނގަ ތަޅާ މީހެއްގެ ގޮތުގައި އެވެ.
އޭނާ، އާރްޔަން އާއި ގުޅޭގޮތުން ހަމަ އެކަނި ބުނީ އޭނާ ރައްޓެހިވެގެން އުޅެނީ ސާދިއާ އާއި ކަމަށެވެ. އަދި އޭގެ މައްސަލައަކީ ކޮބައިތޯ ސުވާލުކޮށްފައިވެ އެވެ.
މި ވާހަކަ އާއި އެކު ކުރީގައި ހިނގާފައިވާ ކަންކަމާއި ގުޅޭގޮތުން މީޑިއާގައި ދަނީ ވާހަކަ ދައްކަމުންނެވެ.
އެގޮތުން މީގެ ކުރިން އާރްޔަން އާއި ސާދިއާ އެއްކޮށް ޕާޓީކޮށްފައިވާ ކަމަށް ބުނެ އެވެ. އަދި ޑްރަގް މައްސަލައިގަ އާރްޔަން ހައްޔަރު ކުރުމުން ސޯޝަލް މީޑިއާގައި އެކަމާއި ދެކޮޅަށް ވަރަށް ބޮޑަށް ސާދިއާ ވާހަކަ ދެއްކި ކަމަށް ބުނެފައިވެ އެވެ.
އާރްޔަން އަކީ އަމިއްލަ ދިރިއުޅުން ވަރަށް ސިއްރުކޮށްގެން އުޅޭ މީހެކެވެ. ހާއްސަކޮށް ހައްޔަރުން ދޫކޮށްލި ފަހުން ނޫސްވެރިން ދެކެ އޭނާ ވަރަށް ރުޅިއަންނަކަން އަމަލުން ދައްކާފައިވެ އެވެ.
އެންމެ ފަހުން އާރްޔަން އާއި ގުޅުވައިގެން ކިޔާފައިވަނީ ނެށުންތެރިޔާ ނޯރާ ފަތޭހީ އާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް