ގދ، ފިޔޮރީ ސްކޫލްގެ އިމާރާތެއްގައި އަލިފާން ރޯވެއްޖެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަލިފާން ރޯވީ ހޯލް ހިންގާ އިމާރާތުގައި ކަމަށެވެ. އެ އިމާރާތުގައި އަލިފާން ރޯވީ ހަވީރު ފަހެއް ޖެހިފަހުން ކަމަށާއި އޭރު އެ އިމާރާތުގައި އެއްވެސް ކްލާހެއް ކުރިޔަށް ނުދާ ކަަމަށެވެ.
އެ އިމާރާތުގައި ފަސް ކްލާސް ރޫމް ހުންނަ އިރު ބޭނުން ކުރަނީ ތިން ކްލާސް ރޫމެވެ. މި ހާދިސާގައި އެއްވެސް ކުއްޖަކަށް އަދި މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
"ދުވަސް" އަށް މައުލޫމާތު ދެމުން އެ ރަށު މީހަކު ބުނީ އަދިވެސް އަލިފާން ކޮންޓްރޯލް ނުވާ ކަމަށެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގދ. ތިނަދޫ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ޓީމުން އެ ރަށަށް ދަތުރު ކުރަމުންދާ ކަމަށެވެ. އަދި ފަޔާ ޓީމް އެރަށަށް ދިޔަ ކަމުގެ މައުލޫމާތެއް ނުދެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީ ބުނީ އަލިފާނުގެ ހާދިސާ އާއި ގުޅިގެން ސްކޫލް މެނޭޖްމެންޓާއި ގުޅިގެން ކިޔެވުން މެދު ނުކެނޑި ކުރިޔަށް ގެންދެވޭނެ ގޮތެއް ބަލަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް