ކުރިޔަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކާމިޔާބު ވެއްޖެކަން މިހާރުވެސް ޔަގީންވެފައިވާ ކަމަށް އައްޑު މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
ޕްރައިމަރީގައި ރޮޒައިނާ ތާއީދު ކުރައްވަނީ ރައީސް ސޯލިހަށެވެ. އަދި އެމަނިކުފާނުގެ ކެމްޕެއިން މެނޭޖަރަކީ ރޮޒައިނާގެ ފިރިކަލުން އަދި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒެވެ.
ރައީސް ސޯލިހަށް މިހާރުވެސް އިންތިހާބު ކާމިޔާބުވެފައިވާ ކަމަށް އޭނާ ވިދާޅުވީ ރޭ ކުރެއްވި ޓުވީޓެއްގައި އެވެ. އެ ޓުވީޓު ކުރައްވާފައިވަނީ ރޭ ނ. ކެނދިކުޅުދޫގައި އޮތް ރައީސް ސޯލިހުގެ ޕްރައިމަރީ ކެމްޕެއިން ޖަލްސާއަށް ފަހު އެންމެން އެއްވެ ތިބި ވީޑިއޯ އަކާއި އެކު އެވެ.
ގިނަ ބަޔަކު އެ ވީޑިއޯގައި ފެންނަން ތިބި އިރު އެންމެން ދިޔައީ ރައީސް ސޯލިހަށް ތާއިދުކޮށް އަތް ޖަހަމުންނެވެ.
ރޮޒޭ ވިދާޅުވީ މިކަން ނިމިއްޖެ ކަމަށެވެ. ޕްރައިމަތީ އޮތީ ރައީސަށް ލިބިފައި ކަމަށެވެ.
https://twitter.com/Roxeyna/status/1611784182887510017
އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް